ހިތަދޫ އުތުރަށް ސޯބެ، އެމްޑީޕީގެ ލީޑަރޝިޕްގެ ތާއީދު އިންތިހާއަށް އޮތް ބޭފުޅެއް

މުހައްމަދު އަލީ
އޭޕްރިލް 13, 2026

އައްޑޫސިޓީ ހިތަދޫ އުތުރުދާއިރާގެ މަޖިލިސް ގޮނޑިއަށް ކުރިމަތި ލައްވާނޭ ކަމަށް އައްޑޫސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ސާދިގު ވިދާޅުވެއްޖެއެވެ. އޭނާއަކީ ކުރިމަތި ލައްވަނީ އެމްޑީޕީގެ  ފަރާތުންނެވެ. އެމްޑީޕީގެ ލީޑަރޝިޕްގެ އިތުރުން އޭނާއަކީ އައްޑޫ ރައްޔިތުންގެ ތާއީދާއި ލޯބި ހޯއްދަވާފައިވާ ބޭފުޅުކެވެ.

ސޯބެ މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލައްވާނޭކަން އިއުލާން ކުރެއްވުމުގެ ރައީސް ނަޝީދު ފަދަ ބޭފުޅުން ގެންދަވަނީ އެކަން ބަލައިގަނެ އޭނާއަށް މަރުހަބާ ވިދާޅުވަމުންނެވެ.

އޭނާ މިގޮޑިއަށް ކުރިމަތި ލައްވަން ނިންމެވީ ސުޕްރީމް ކޯޓުގެ ހުކުމަކާއެކު ކުރިން އެގަނޑި ފުރުއްވަމުން ގެންދެވި މުޙައްމަދު ސިނާންގެ ގޮނޑި ގެއްލުމުންނެވެ. ސޯބެ ވިދާޅުވީ އެގޮނޑިއަށް ވާދަކުރަން ފަހުންގެ ނިންމުން ވެސް ނިންމައިފި ކަމަށެވެ.

ސޯބެގެ އިތުރުން ސ. ހިތަދޫމ ނަޔާގޭ އަޙުމަދު ސަޢީދުވެސް ވަނީ މިގޮނޑިއަށް ކުރިމަތިލައްވަން ނިންމަވާފައިި  ކަމަށް ބާއެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ. އޭނާ މިގޮނޑިއަށް ކުރިމަތި ލައްވަނީ އަމިިއްލަ ގޮތުންނެވެ. މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން ފަސް ދުވަސް ތެރޭގައި ބައިއިލެކްޝަނަށް ކުރިމަތިލާން ހުޅުވާލަން ޖެހޭ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *