ކ. ހުރާގައި ހިންގާ ގެސްޓު ހައުސްއެއް

ހުރާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ނަފުސާނީ ގޮތުން އަސަރު ކުރި މީހަކަށް ފަރުވާދެނީ

މުހައްމަދު އަލީ
އޭޕްރިލް 13, 2026

ކ. ހުރާ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ނަފުސާނީ ގޮތުން އަސަރުކުރި އަންހެނަކަށް ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުވާ ކަމަށެވެ. ނަފުސާނީ ގޮތުން އަސަރުކުރި މިއަންހެން މިހާއަށް ފުރަތަމަ ފަރުވާދީފައިވަނީ ކ. ހުރާ ހެލްތު ސެންޓަރުގައެވެ. އެފަހުން އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރޭ ހިނގި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ދަންވަރު 01:18 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި އެ ގޭގެ އިމާރާތަށާއި މުދަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުންވަނީ ހާމަކުރައްވައިފައެވެ. މި މައްސަލަ ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *