ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފް އިސްތިއުފާ ދެއްވައިފި

މުހައްމަދު އަލީ
އޭޕްރިލް 13, 2026

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިނިސްޓަރަކަށް ހުންނެވި ޢަލީ އާރިފް އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ. އެހެންނަމަވެސް މިނިސްޓަރ އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެއެވެ.

މި ފަހުން ރައީސް ވަނީ ބައެއް ކުންފުނި ތަކުގެ އެމްޑީންނާއި ޑީއެމްޑީން މަގާމުތަކުން ވަކި ކުރައްވައިފައެވެ. އަދި ބައެއް ކުންފުނިތަކުގެ އެމްޑީން ވަނީ އަމިއްލައަށްއިސްތިއުފާ ދެއްވައިފައެވެ. ބެލެވޭ ގޮތުގައި މިއީ ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ  ސިޔާސަތުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *