އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރު ވަނީ އަންގާރަ ދުވަހު ވޮޝިންޓަނުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެންއާ ބައްދަލު ކުރައްވާފައެވެ. ދެ ބޭފުޅުންގެ މަޝްވަރާގައި ދެކުނު އޭޝިއާ ސަރަހައްދާއި އިންޑިއާ ކަނޑުގެ މައްސަލަތަކާ މެދު މަޝްވަރާ ކުރެއްވިއެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ވަނީ އެގައުމުން އެމެރިކާގެ ޑިމޮކްރެސީއާ ބެހޭ ގޮތުން ބަސް ބުނިކަމުގައި ވިއަސް އެކަމާ މެދު ހިތްބުރަ ނުކުރެއްވުމަށް އެދި ވަޑައިގެންފައެވެ. އަދި އެއީ ދުނިޔޭގައި ޑިމޮކްރެސީ އާލާކުރުމަށް ކުރާ މަސައްކަތުން ބައެއް ކަމަށް ވިދާޅުވެފައެވެ.
”އެއް ޑިމޮކްރެސީއަކުން އަނެއް ޑިމޮކްރެސީއަށް ފާޑު ކީދާނެ. އެއީ ޑިމޮކްރެސީ ޕްރޮމޯޓު ކުރުމުގެ މަސައްކަތުގެ ބައެއް. ނަމަވެސް ދުނިޔޭގެ ފެންވަރުގައި އެހެން މީހުން އެވާހަކަ ދައްކަން ފަށައިފިނަމަ އެވާނީ ދާޚިލީ މައްސަލަތަކާ ބެހުން ކަމަށް،“ ޖަޔަޝަންކަރުގެ މަޝްވަރާގައި ބްލިންކެންއަށް ވިދާޅުވިއެވެ.
އެމެރިކާއަކީ އެޤައުމުން ބޭނުންވާ މަޤްޞަދުތައް ޙާސިލުކުރުމަށް ނުސީދާކޮށް އިންޑިއާއަށް ފިއްތާ ޤައުމެކެވެ. އެމެރިކާއިން ވަނީ ބްލިންކެންގެ މަޝްވަރާތަކަށް ފަހު އިންޑިއާއަކީ ބައިމަދު ދީންތަކުގެ މީހުންގެ ޙައްޤަށް ފަރުވާކުޑަކުރާ ޤައުމެއް ކަމަށް ބުނެ އިންޑިއާއަކީ ސަމާލު ވާން ޖެހޭ ޤައުމެއް ކަމަށް ލިސްޓުކޮށް ރިޕޯޓެއް ޝާއިއުކޮށްފައެވެ.






