ރައްޔިޔުންނަށް ކަންކަން ކޮށްދެނީ ދޭ ވޯޓަށް ބަލައިގެންނޫން: މުއްތަލިބު

މުހައްމަދު އަލީ
އޭޕްރިލް 15, 2026

މިސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދެއްވަނީ ރައްޔިތުން ސަރުކާރަށްދޭ ވޯޓަކަށް ބަލައިގެންނޫން ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިގެންވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބެއްގައެވެ. މެންބަރު ސުވާލު ކުރެއްވީ އެޕްރިލް 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އިދިކޮޅު ޕާޓީގެ ކެންޑިޑޭޓޫންނަށް ވޯޓުދެއްވި ރަށްރަށުގައި ސަރުކާރުން ހިންގާ މަޝްރޫއުތައް ކުރިއަށްދޭތޯއެވެ.
މިނިސްޓަރ ވިދާޅުވީ މިސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަންކޮށްދެއްވައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކަމަށެވެ. ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެމީހުން ވޯޓުދޭ ގޮތަކަށް ސަރުކާރުން ނުބައްލަވާނޭ ކަމަށް މިނސްޓަރ ވިދާޅުވިއެވެ. އެހެކަމުން ހުރިހާ ރަށެއްގައި ސަރުކާރުން ފަށައިފައިވާ މަޝްރޫއުތައް އެއްވެސް މަޑުޖެހުމެއްނައިސް ކުރިއަށްދާނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިސާލަކަށް ވަޒީރު ދެއްކެވީ ކޮޅުމަޑުލު ގާދިއްފުށްޓެވެ. އެރަށުގެ މީހުން ވޯޓުދިން ގޮތެއް ސަރުކާރުން ނުބައްލަވާ ކަމަށާއި އެރަށުގެ ބިންހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ސަރުކާރުންވެފައިވާ ވައުދުތައް ފުއްދެވުމަކީ ކުރައްވާނޭ ކަމެއް ކަމަށެވެ. އެކަން މިހާރުވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *