ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ހޯދަމުންދަނީ ހެންވޭރު، ލަދުމާގޭ، އަޙްމަދު ނަޢީމެވެ. އޭނާއަކީ އުމުރުން އެކާޅީސް އަހަރުގެ ދިވެއްސެކެވެ.
ފުލުހުންގެ މުއައްސަސާއިން މައުލޫމާތުދޭ ގޮތުގައި އޭނާ ހޯދަނީ ކުޅުދުއްފުށި ސިޓީ ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށެވެ. ފުލުހުން ވިދާޅުވީ އޭނާ އުޅޭ ވަކިތަނެއް ނޭނގޭ ކަމަށެވެ. އެހެންވުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންކަމުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ވަނީ އާ ންމުކޮށް އަންގައި އިއުލާނުކުރީ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އޭނާ ކުޅުދުއްފުށީ ފުލުހަށް ހާޒީރުވާން އަންގާފައިވަނީ 2026 އޭޕްރީލް 22 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.






