އިތުރު ތިންއަތޮޅެއްގެ ޔުޓިލިޓީ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެ

މުހައްމަދު އަލީ
އޭޕްރިލް 23, 2026

އިތުރު އަތޮޅުތަކެއްގައި ޔޫޓިލިޓީގެ ޚިދުމަތް ދިނުމާ ފެނަކައިން ހަވާލުވެއްޖެއެވެ. މިފަހަރު ހަވާލުވީ ބ، ޅ އަދި މ އަތޮޅާއެވެ.

މިއީ ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް، ސަރުކާރުން ކުރައްވާ ކަމެކެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބ. އަތޮޅުން ފެށިގެން މ އަތޮޅުގެ ރަށްތަކުގެ ހުރިހާ ޔޫޓިލިޓީ ޚިދުމަތެއް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ބަދަލުކުރުމަށް ނިންމަވާފައެވެ. މި ނިންމެވުމާ ގުޅިގެން، މި އަތޮޅުތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މިވަގުތު ޚިދުމަތް ދެމުންދާ ބ، ޅ އަދި މ އަތޮޅުގެ ރަށްތަކަށް ޔޫޓިލިޓީ ޚިދުމަތްތައް ދިނުމަށް ސްޓެލްކޯއިން މިއަދުވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ބ، ޅ އަދި މ އަތޮޅުގެ 25 ރަށުގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިނުމާއި ސްޓެލްކޯއިން ޙަވާލުވުމަށް ވަނީ ހަމަޖެހިފައެވެ.

މިއާއިއެކު ގްރޭޓަރމާލެ، ބ، ޅ، ކ، އއ، އދ، ވ އަދި މ އަތޮޅު ހިމެނޭގޮތަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްތަކުގެ އަދަދު 61 ރަށަށް ފުޅާވެގެންދާނޭ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *