އަދަދު ނޫހުގެ ސީއީއޯ ފިޔާޒު ފުލުހުންގެ ގާތު ހުއްޓިލައިގެން/ފޮޓޯ އެސްއެމް

"އައިޝާ ޑޮކިޔުމެންޓްރީ" އާ ގުޅިގެން އަދަދު ނޫހުގެ އޮފީސް ބަލައިފާސް ކުރަންފަށައިފި

މުހައްމަދު އަލީ
އޭޕްރިލް 27, 2026

އަދަދު ނޫހުން ގެނެސްދީފައިވާ ”އައިޝާ ޑޮކިޔުމެންޓްރީ“ އާ ގުޅޭގޮތުން އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ފަށްޓަވައިފިއެވެ.

ފުލުހުން ވިދާޅުވީ އެ އޮފީސް ބަލައި ފާސްކުރަމުންދަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މި ޑޮކިޔުމެންޓްރީގައި ވަނީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނޭދެވޭ ކަންތައްތަކެއް ތުހުމަތު ކޮށްފައެވެ. އޭގެ ގެނެސްދީފައިވަނީ  ރައީސާ ބެހޭ ގޮތުން ”އައިޝާ“ ކިޔައިދީފައިވާ ވާހަކަތަކެކެވެ.

އެ ޑޮކިޔުމެންޓްރީއާ ބެހޭގޮތުން އަދަދު ނޫހުން ރައީސާ މިއަދު ސުވާލު ކުރުމުން ރައީސް ވިދާޅުވީ އޭގައި ތުހުމަތުކޮށްފައިވާ ކަންކަމަކީ ދޮގުވާހަކަތަކެއް ކަމަށެވެ. އެކަން ތަހުގީގު ކޮށްދެއްވުމަށް ކަމާބެހޭ ފަރާތްތަކިގައި އެދިވަޑައިގަންނަވާނޭ ކަމަށްވެސް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ. ފުލުހުން މި މައްސަލަ ތަހުގީގު ކުރައްވަން މޮ ފެށްޓެވީ ރައީސް އެކަމަށް އެދިވަޑައިގެންނެވުމުން ކަމަށް ބެލެވެއެވެ.

އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކުރަން ފެށުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަންވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *