އެމެރިކާގެ މިއާމީގެ ބާނީއަކީ ޖޫލިއާ ޓަޓްލް (Julia Tuttle) ކިޔާ އަންހެނެކެވެ. މިއާމީ ސިޓީ އުފެއްދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އޭނާއެވެ. މިއީ ބޮޑު ސިޓީއެއް އުފެއްދުމުގެ ފަޚުރާއި ޝަރަފު އޮތް އަންހެނެކެވެ. މި ސަބަބަށް ޓަކައި ޖޫލިއާ ފަހުން މަޝްހޫރުވެފައި ވަނީ މިއާމީގެ މަންމަ (މަދަރ އޮފް މިއާމީ) ގެ ނަމުންނެވެ.
މީލާދީން 1890 ގެ އަހަރުތަކުގައި މިއާމީ އަކީ ވަރަށް ކުޑަ އަވަށެކެވެ. ޖޫލިއާ ބޭނުންވީ އެ ސަރަހައްދަށް ތަރައްގީ ގެންނާށެވެ. އެކަމަކު އެއީ އޭރު ޚިޔާލެކެވެ. ހަމައެކަނި ޖޫލިއާ ދުށް ހުވަފެކެވެ. އޭނާ ވިޔަފާރިވެރިއެއް ކަމުގައިވާ ހެންރީ ފްލެގްލާގެ ”ފްލޮރިޑާ އީސްޓް ކޯސްޓް ރޭލްވޭ މަޝްރޫޢު މިއާމީއާ ގުޅައިދިނުމަށް އެދުނެވެ. އޭނާގެ ނަސީބަކީ 1894-1895 ވަނަ އަހަރު ފްލޮރިޑާއަށް ކުރިމަތިވި ގަދަ ފިންޏެވެ. އެ ފިނީގައި އެ ސަރަހައްދުގެ ދަނޑު ބިންތައް އެއްކޮށް ކަހަލަ ގޮތަކަށް ހަލާކުވިއެވެ. ނަމަވެސް މިއާމީ އޮތް ސަރަހައްދަށް އެ ފިނީގެ އަސަރެއް ނުކުރެއެވެ. ޖޫލިއާ ޓަޓްލް، ހެންރީ ފްލެގްލާއަށް ތާޒާ އޮރެންޖު މަލެއް ފޮނުވައި، އެ ސަރަހައްދަކީ އެ ވަރުގެ ފިނީގެ ތޫފާން ނާންނަ ސަރަހައްދެއްކަން ސާބިތުކޮށްދިނެވެ. މިއީ ރޭލު މަގު މިއާމީއަށް ގެނައުމަށް ފްލެގްލާ އެއްބަސްވި މައިގަނޑު ސަބަބެވެ.
މިއާމީ ކުޑަކުޑަ އަވަށަކުން ބޮޑު ސިޓީއަކަށް ބަދަލުވިއެވެ. ޖޫލިއާ ޓަޓްލްގެ މަސައްކަތުން 1896 ވަނަ އަހަރު މިއާމީ އަކީ ސިޓީއެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅުނެވެ. މިއަދު މިއާމީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ”ޖޫލިއާ ޓަޓްލް ކޯޒްވޭ“ އަކީ ޖޫލިއާގެ ހަނދާނަށް ދެވިފައިވާ ޝަރަފެކެވެ. މިއާމީ ސިޓީއާއި މިއާމީ ބީޗް ގުޅުވައިދޭ މި މައިމަގުން އެކަނިވެސް އަންހެނެއްގެ ހިތުގައި އުފެދުނު އުންމީދެއް ހަގީގަތަކަށް ވެގެން ދިޔަ ގޮތުގެ ހަނދާންތައް އާކޮށްދެއެވެ. ކާމިޔާބާއި ކުރިއެރުމާއި ތަރައްޤީގެ ހުވަފެން ދެކިގެން ނޫނީ އެ ހުވަފެންތައް ހަގީގަތަކަށް ނުހެދޭނެއެވެ. އޮތް އަންހެނެކެވެ. މި ސަބަބަށް ޓަކައި ޖޫލިއާ ފަހުން މަޝްހޫރުވެފައި ވަނީ މިއާމީގެ މަންމަ (މަދަރ އޮފް މިއާމީ) ގެ ނަމުންނެވެ.
މީލާދީން 1890 ގެ އަހަރުތަކުގައި މިއާމީ އަކީ ވަރަށް ކުޑަ އަވަށެކެވެ. ޖޫލިއާ ބޭނުންވީ އެ ސަރަހައްދަށް ތަރައްގީ ގެންނާށެވެ. އެކަމަކު އެއީ އޭރު ޚިޔާލެކެވެ. ހަމައެކަނި ޖޫލިއާ ދުށް ހުވަފެކެވެ. އޭނާ ވިޔަފާރިވެރިއެއް ކަމުގައިވާ ހެންރީ ފްލެގްލާގެ ”ފްލޮރިޑާ އީސްޓް ކޯސްޓް ރޭލްވޭ މަޝްރޫޢު މިއާމީއާ ގުޅައިދިނުމަށް އެދުނެވެ. އޭނާގެ ނަސީބަކީ 1894-1895 ވަނަ އަހަރު ފްލޮރިޑާއަށް ކުރިމަތިވި ގަދަ ފިންޏެވެ. އެ ފިނީގައި އެ ސަރަހައްދުގެ ދަނޑު ބިންތައް އެއްކޮށް ކަހަލަ ގޮތަކަށް ހަލާކުވިއެވެ. ނަމަވެސް މިއާމީ އޮތް ސަރަހައްދަށް އެ ފިނީގެ އަސަރެއް ނުކުރެއެވެ. ޖޫލިއާ ޓަޓްލް، ހެންރީ ފްލެގްލާއަށް ތާޒާ އޮރެންޖު މަލެއް ފޮނުވައި، އެ ސަރަހައްދަކީ އެ ވަރުގެ ފިނީގެ ތޫފާން ނާންނަ ސަރަހައްދެއްކަން ސާބިތުކޮށްދިނެވެ. މިއީ ރޭލު މަގު މިއާމީއަށް ގެނައުމަށް ފްލެގްލާ އެއްބަސްވި މައިގަނޑު ސަބަބެވެ.
މިއާމީ ކުޑަކުޑަ އަވަށަކުން ބޮޑު ސިޓީއަކަށް ބަދަލުވިއެވެ. ޖޫލިއާ ޓަޓްލްގެ މަސައްކަތުން 1896 ވަނަ އަހަރު މިއާމީ އަކީ ސިޓީއެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅުނެވެ. މިއަދު މިއާމީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ”ޖޫލިއާ ޓަޓްލް ކޯޒްވޭ“ އަކީ ޖޫލިއާގެ ހަނދާނަށް ދެވިފައިވާ ޝަރަފެކެވެ. މިއާމީ ސިޓީއާއި މިއާމީ ބީޗް ގުޅުވައިދޭ މި މައިމަގުން އެކަނިވެސް އަންހެނެއްގެ ހިތުގައި އުފެދުނު އުންމީދެއް ހަގީގަތަކަށް ވެގެން ދިޔަ ގޮތުގެ ހަނދާންތައް އާކޮށްދެއެވެ. ކާމިޔާބާއި ކުރިއެރުމާއި ތަރައްޤީގެ ހުވަފެން ދެކިގެން ނޫނީ އެ ހުވަފެންތައް ހަގީގަތަކަށް ނުހެދޭނެއެވެ.






