ބ.އަތޮޅުން ފެށިގެން މ.އަތޮޅަށް މޫސުން ގޯސް

މުހައްމަދު އަލީ
މެއި 25, 2026

ބ.އަތޮޅުން ފެށިގެން މ.އަތޮޅަށް މޫސުން ގޯސްވާނޭ ކަމަށް ލަފާކޮށް މެޓު އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

މިއަދު ހަވީރު 3:00އިން މިރޭ 9:00 އަށް ނެރެފައިވާ އެ ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނޭ ކަމަށް ވެސް ބުނެފައިވެއެވެ. ކަނޑުތައް ގަދަވާނޭ ކަމަށް ވެސް ލަފާކޮށްފައެވެ.

މިއީ އީދު ބަންދުގެ ދުވަސްވަރު ކަމުން އެންމެންވެސް މޫސުމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމަށް މޫސުމާބެހޭ އޮފީހުންނާއި އެމްއެންޑީއެފް ކޯސްޓުގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *