ޑޮކްޓަރަށް ދައްކަން ގެންދިޔަ ގައިދީއަކު ފިލުމުން ހޯދައި ކަރެކްޝަނާ ހަވާލުކޮށްފި

މުހައްމަދު އަލީ
މެއި 21, 2026

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު ފިލައިގެން އުޅެނިކޮށް އޭނާ ހޯދުމަށްފަހު ކަރެކްޝަނާ ހަވާލުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އޭނާ ފިލީ ބޭސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް އިއްޔެގެ ވަގުތެއްގައެވެ. މި މައްސަލަ ފުލުހަށް ހަށަހަޅާފައިވަނީ 2026 މެއި 20 ވަނަ ދުވަހުގެ ރޭގައެވެ.

އެމީހާ ހޯދުމަށްފަހު ކަރެކްޝަނާ ހަވާލުކޮށްފައިވަނީ މިއަދު ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މީހާއަކީ ލ. މައިބައިދޫ، ޝަބްނަމް ހައުސް، ހުސައިން ޝަހުބާން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *