މިރެއާއި މާދަން ވެސް ވިއްސާރަ، ސަމާލުވޭ: މެޓު

މުހައްމަދު އަލީ
މެއި 21, 2026

މިރެއާއި މާދަމާ ވެސް ވިއްސާރަވާނޭ ކަމަށް މެޓުއޮފީހުން ބުނެފިއެވެ. ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކުގައި ވައިގަދަވެ ކަނޑުތައް ވަރަށްބޮޑަށް ގަދަވާނޭ ކަމަށް ބެލެވޭ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. އެ ސަރަހައްދުތަކަށް ވާރޭވެހި ގުގުރާނޭ ކަމަށްވެސް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓުން ބުނެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގުމޫސުމުގެ ވިއްސާރަ ކަމަށެވެ. ވޭތުވެދިޔަ 24 ގަޑިއުރު މެދުރާއްޖެތެރެއާއި އުތުރުގެ ބޮޑުބަޔަކަށް ވަނީ ވިއްސާރަކޮށްފައެވެ. ބައެއް ރަށްތަކަށް ބޯކޮށްވާރޭ ވެހިފައިވެއެވެ. އެންމެގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ އއ. ތޮއްޑުއަށެވެ. އެއީ 144 މިލިމީޓަރުގެ ވާރޭއެވެ.

ކުރިއަށްވެސް އޮތީ ވިއްސާރަކަމުން ހުރިހާ ފަރާތްތަކުން ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަކުރުމަށާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓު އޮފީހުން ވަނީ އިލްތިމާސް ކޮށްފިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *