ގައުމާއި ރައްޔިތުންގެ ހައްގުގައި އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ރައީސް މުހައްމަދު ނަޝީދު ގެންނަން ޖެހޭ ކަމަށް އެމްޑީޕީގެ ފައުންޑަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ.
”މިވަގުތަކީ އެމްޑީޕީ މެންބަރުން ފުންކޮށް ވިސްނަންވީ ވަގުތެއް! ޤައުމާއި ރައްޔިތުންގެ ޙައްޤުގައި މިވަގުތު އެމްޑީޕީ ޗެއަރޕާސަން ކަމަށް ރައީސް ނަޝީދު ގެންނަންޖެހޭ،“ އޭނާ ވިދާޅުވެފައި ވެއެވެ.
ސައްޕެ ވިދާޅުވެފައިވަނީ ކަން ކުރެވޭނީ ކަންކުރެވޭވަރުގެ ހިތްވަރާއިފަންވަރު ހުރި މީހަކަށް ކަމަށެވެ. އަދި ހިކުމަތާއި ތަޖުރިބާ ހުރި މީހަކަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ. ”އެތެރާއި ބޭރުގައި “ އެވަރުގެ ވަރުގަދަ ގުޅުމެއް އޮތް މީހަކަށް،“ ކަމަށް ވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ރައީސް ނަޝީދާ ވާދަ ކުރައްވަނީ މީކާއީލް އަޙުމަދު ނަސީމެވެ.






