ފަޅައިގެންދިޔަ ލޯންޗަކުން ދަތުރުކުރި ބައެއް މީހުން ސަލާމަތް ކޮށްފި

މުހައްމަދު އަލީ
މެއި 18, 2026

މާފިލާފުށިން ފުރައިގެން މާލެއަށް ދަތުރު ކުރަމުންއައި ލޯންޗެއް ފަޅައިގެން ގޮސްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި ރިޕޯޓެއް ފުލުހުންނަށް ލިބުމާއެކު މެރިން ޕޮލިސް ވަނީ ލޯންޗުގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ފަށައިފައެވެ. އެ މީހުން ސަލާމަތް ކުރުމަށް މެރިން ޕޮލިސްގެ ދެ ލޯންޗެއް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިހާދިސާ ހިނގާފައިވަނީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ ކައިރީގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން ބައެއް މީހުން، ފުލުހުންގެ އެހީތެރިކަމާއެކު މިހާރު ވަނީ މާލެ ގެނެސްފައެވެ. އެހެންނަމަވެސް އެއީ ކިތައް މީހުން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި ލޯންޗުން ދަތުރުކުރީ ކިތަންމީހުން ކަމެއްވެސް ހާމަ ކޮށްފައެއް ނުވެއެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 2026 މެއި 18 ވަނަ ދުވަހުގެ 18:04 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *