ކޯގަންނު ވަލުތެރޭގައި ހުރި ކުނިތަކެއްގައި ރޯވެއްޖެ

މުހައްމަދު އަލީ
މެއި 25, 2026

އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނު ކައިރި ވަލުތެރޭގައި ހުރި ކުނިތަކެއްގައި ރޯވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އެ އަލިފާން މިހާރުވަނީ ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފައި ކަމަށެވެ.

އަލިފާނުގެ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 11:25 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށްވެސް ވިދާޅުވެފައިވެއެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 11:45 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބެއްވެސް އަދި އެނގިފައެއް ނުވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *