އެމްޑީޕީއަށް ކާމިޔާބު ލިބެންއޮތީ ގުޅިގެން ކުރެވޭ މަސައްކަތަކުން: ފައްޔާޒު

ޟަމްރަތު އަހްމަދު
ޖޫން 29, 2026

ކުރިއަށް އޮތް ތަނުގައި އެމްޑީޕީއަށް ކާމިޔާބީއެއް ލިބުން ބިނާވެފައިވަނީ ޕާޓީގެ އެންމެހާ ބޭފުޅުން ގުޅިގެން އެއްބައިވަންތަކަމާއެކު ކުރެވޭ މަސައްކަތަކުން ކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މި ނޫހަށް މަޢުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވީ ކާމިޔާބު ހޯދުމަށްޓަކައި އެންމެން އެއްގަލަކަށް އަރަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް ގައުމީ ޚިދުމަތެއް އަދިވެސް ކޮށްދެވޭނީ އެމްޑީޕީއަށްކަން ގަބޫލުކުރާ އެތައް ހާސް ރައްޔިތުންނެއް އެބަތިބި ކަމަށެވެ.

ޕާޓީގެ ތެރޭގައި އުފެދުނު ނުތަނަވަސްކަމަށްފަހު ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރައްވާ ގިނަ ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަކީ ވެސް ކާމިޔާބީއެއްގެ ގޮތުގައި ފައްޔާޒު ވިދާޅުވިއެވެ. ”ރައީސް މުޙައްމަދު ނަޝީދާއި، އެމަނިކުފާނަށް ތާއީދުކުރައްވާ އެމް.ޑީ.ޕީ ގެ ހުރިހާ މެންބަރުންނަކީވެސް ޕާޓީގެ ކުރިމަގާ ގުޅިފައިވާ ބޭފުޅުން. ހުރިހާ ބޭފުޅުން ގުޅިގެން ކުރާ މަސައްކަތަކުން ޕާޓީއަށް ކާމިޔާބު ލިބޭނީ،“ ފައްޔާޒު ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *