ބްރެޒިލް ޓީމުގެ އަސާސީ ހަތަރު ތަނބު: އަޒުމާއި ފޮނި އުންމީދު

ހިރި ނިއުސް
ޖުލައި 4, 2026

މި އަހަރު ވޯލްޑް ކަޕަށް ނުކުތް ބްރެޒިލް ޓީމުގެ އެންމެ ބޮޑު ބާރަކީ ހަމަލާތަކަށް އަރާ ކުޅުންތެރިންގެ ހުނަރުވެރިކަމާއި ކުޅަދާނަކަމާއި، ހެޑް ކޯޗު ކާލޯ އަންޗެލޮޓީގެ ތަޖުރިބާކާރު އިރުޝާދުގެ ދަށުން އެކުލަވާލާފައިވާ ވަރުގަދަ ޓެކްޓިކަލް ރޭވުންތަކެވެ. ދުނިޔޭގެ ފެންވަރުގެ ވިންގަރުންނާއި، ވަރުގަދަ ޑިފެންސެއްގެ އިތުރުން މުޅި ޓީމުގެ ބެލެންސް ހިފެހެއްޓިފައި އޮތުމުން، މި ޓީމަކީ އެންމެ މަތީ ފަންތީގައި ވާދަކުރުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ ސްކޮޑެކެވެ. ފުރަތަމަ 11 ފިޔަވައި ބެންޗު ވެސް އޮތީ ވަރަށް ގާބިލްކޮށެވެ. ބްރެޒިލްގެ މިޓީމުން އެންމެ ފާހަގަކުރެވެނީ ވަރުގަދަ އެޓޭކާއި، މެދުތެރޭގެ ފުރިހަމަ އިންޖީނާއި، ވަރުގަދަ ޑިފެންސާއި ޓެކްޓިކަލް ފްލެކްސިބިލިޓީއެވެ. ކޮންމެ ހާލަތަކަށް ތައްޔާރުވެފައިވާ ވަރުގަދަ ބެންޗެވެ.

ވަރުގަދަ އެޓޭކް:

ޓީމުގެ ކުރިމަތީ ސަފުގައި ހިމެނެނީ ދުނިޔޭގެ ފުޓްބޯޅައިގައި މިވަގުތު ތިބި އެންމެ ނުރައްކާތެރި ފޯވާޑުންނެވެ. މީގެ ތެރޭގައި ވިނީޝިއަސް ޖޫނިއާ އާއި ނޭމާ ޖޫނިއާ އާއި ރަފީނިއާ އާއި މެތިއުސް ޗުންހާ ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ’ފޯލްސް ނައިން‘ އެއްގެ ގޮތުގައި ކުޅޭ ގަބްރިއަލްގެ އުފެއްދުންތެރި ކުޅުމާއި، ޒުވާން ތަރި އެންޑްރިކްގެ ހަލުވި ހަމަލާތަކުން ޓީމުގެ އެޓޭކް އިތުރަށް ވަރުގަދަކޮށްދެއެވެ.

މެދުތެރޭގެ އިންޖީނު: 

މެދުތެރޭގައި ހިމެނެނީ ތަޖުރިބާކާރު ޑިފެންސިވް ކުޅުންތެރިންނާއި ބޯޅަ ފޯރުކޮށްދިނުމުގައި ހުނަރުވެރި ކުޅުންތެރިންގެ ފުރިހަމަ ކޮމްބިނޭޝަނެކެވެ. ކަސެމީރޯގެ ތަޖުރިބާއިން މެދުތެރެ ކޮންޓްރޯލް ކުރާއިރު، ނިއުކާސަލްގެ ބްރޫނޯ ގިމަރޭސްގެ އެކިއުރޭޓް  ޕާސްތަކުން ޑިފެންސުން އެޓޭކަށް ޓީމު ބަދަލުކޮށްލަނީ ވަރަށް ފަސޭހަކަމާއެކުގައެވެ.

ވަރުގަދަ ޑިފެންސް:

ޕީ.އެސް.ޖީގެ މާކީނިއޯސް އާއި އާސެނަލްގެ ގަބްރިއަލް މަގަލްހައެސް ހިމެނޭ މި ޑިފެންސަކީ ބައިނަލްއަގުވާމީ ތަޖުރިބާ އާއި އިނގިރޭސި ޕްރިމިއާ ލީގުގެ ވަރުގަދަކަން އެކުލެވިގެންވާ ޑިފެންސެކެވެ. މިއީ ޔޫރަޕުގެ ޓީމުތަކުން ކުޅޭ ވަރުގަދަ ކުޅުން ހުއްޓުވުމަށް ލިބޭ ބޮޑު ބާރެކެވެ.

ޓެކްޓިކަލް ފްލެކްސިބިލިޓީ: 

ކޯޗު ކާލޯ އަންޗެލޮޓީއަކީ ކްލަބް ފެންވަރުގައި ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ މޮޅު ކޯޗެކެވެ. ކުޅުންތެރިން މެނޭޖްކުރުމަށް ކުޅަދާނަ ކޯޗެކެވެ. ސްކޮޑްގެ މޮޅުކަމާއެކު ލާކޯގެ އިރުޝާދުގެ ދަށުން މެޗުގެ ހާލަތަށް ބަލައި ޓެކްޓިކަލް ރޭވުންތައް ބަދަލުކުރުމުގެ ފުރުސަތު ބްރެޒިލަށް ލިބިގެންދާނެއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *