ފުލުހުންގެ މައި މަރުކަޒު/ފޮޓޯ ހިރި

މާރާމާރީ ހިންގަން އުޅޭކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރު ކޮށްފި

މުހައްމަދު އަލީ
ޖުލައި 4, 2026

މާލާއި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރު ކޮށްފިއެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއް ހޯދައިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ މީހުން ހައްޔަރު ކޮށްފައިވަނީ ރައިވެރި ހިންގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނެއްގައެވެ.

​“މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ​30 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި ​23 އަހަރުގެ ދިވެހި ފިރިހެނަކާއި ​21 އަހަރުގެ ދިވެހި ފިރިހެނަކާއި ​34 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން ​32 އަހަރުގެ ދިވެހި ފިރިހެނެކެވެ.“

ޖުލައި 2 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައި ފާސްކުރިއިރު، ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ އެ މީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން 4 މީހަކު 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ބާކީ ތިބި 2 މީހަކު ޝަރުތު ތަކާ އެކު ކޯޓުން ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *