ރޭގަ މިޞްރުން ދުނިޔެއަށް ސާބިތުކޮށްދިނީ މިޞްރުގެ ފުޓްބޯޅަ ޓީމަކީ ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ޓީމު ކަމެވެ. ހަމައެކަނި މިޞްރުގެ ކުޅުންތެރިން ހިމެނޭ އެ ޓީމުން، އެމީހުންގެ ހުށިޔާރުކަމާއި، ކުޅަދާނަކަން ރޭގައި ދުނިޔެއަށް ދައްކުވައިދިނެވެ. ދުނިޔޭގެ އެންމެންނަށް ފެންނާނެ ފަދައިން ފީފާގެ ނުފޫޒާއި، ބޭއިންސާފު އެޑްވާންޓޭޖްތަކެއް ނެތި އާޖެންޓީނާއަކަށް ރޭގެ މެޗުން މޮޅެއް ނުވެވުނީހެވެ. މިޞްރުގެ ކުޅުންތެރިންނާ ދޭތެރޭގައި ފީފާއިން ހިންގި ޖަރީމާއާއި، ޢަމަލުކުރި ނުޙައްގު ގޮތް، ދެލޯ ކަނު މީހަކަށް ވެސް އެނގޭ މިންވަރަށް ރޭގަ ފެނިގެން ގޮސްފައިވެއެވެ.
ރޭގެ މެޗްގެ ރެފްރީ ހީވަނީ މިޞްރާ ދެކޮޅަށް ޗާބީދީފަ ހުރި ބުދެއް ހެންނެވެ. ރޭގެ މެޗު މިޞްރަށް ކުޅެން ޖެހުނީ އެލިފަންޓީނޯއާއި، ލިއޮނަލް މެސީއާއި، ފީފާއާއި، ވީއޭއާރާއި، އަދި ރެފްރީންނާ ދެކޮޅަށެވެ. ކުރިން ބުނި އެތި ކެންސަލްކުރާ ބީދައިން ކުރިން ޖެހި ގޯލު އެއީ ގޯލެއް ނޫނެވެ. އާޚިރުގައި އަހުރެމެން މިޞްރު ޓީމާ މެދު ފަޚުރުވެރިވަމެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ރެފްރީންނާއި، ފީފާއިން މިޞްރާ މެދު ޢަމަލު ކުރި ނުޙައްގު ގޮތް، މުޅި ދުނިޔެއަށް ފެނި، ދުނިޔެއިން އެކަމަށް ހެކިވާނެއެވެ. އަދި އެވަރުން އަހުރެމެންނަށް ފުދެއެވެ.
އާޖެންޓީނާ އަބަދުވެސް މޮޅުވާން ޖެހޭނަމަ، މި ހުރިހާ ޓީމުތަކެއް ގެނެސް ބޮޑެތި ޚަރަދުތައްކޮށް، އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިކުރުވުމުގެ ބަދަލުގައި ހަމައެކަނި އާޖެންޓީނާއަށް ތަށި ދިނީމަ ނިމުނީ ނޫންހެއްޔެވެ. އޭރުން އެލިފަންޓީނޯއާއި ފީފާއަށްވެސް ތަންކޮޅެއް ފަސޭހަވެފައި، ޚަރަދުކުޑަވީހެވެ.






