ބީޖޭޕީގެ އިސް ވެރިން ވަނީ ރަސޫލާ މުޙައްމަދު (ޞޢވ) އަށް ފުރައްސާރަކޮށް ދެއްކެވި ވާހަކަތަކާ ގުޅިގެން ހިންދޫންގެ ފާދިރީ ޔަތީ ނަރްސިންހަނަންދު ކުށްވެރިކޮށް އޭނާއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
ޖައްމޫ، ކަޝްމީރު އަދި ލަދާކްގެ މަޝްހޫރު މުސްލިމް ލީޑަރުން ވަނީ މި މައްސަލާގައި އިންޑިއާ ހޯމް މިނިސްޓަރު އަމިތު ޝާހުގެ ނުފޫޒު ބޭނުން ކުރުމަށް ވެސް އެދިފަ އެވެ.
ނަރަސިމްހަނަންދަކީ އާދަވެގެން އިސްލާމް ދީނަށް ފުރައްސާރަކޮށް ހަދާ ފާދިރީ އެކެވެ. އޭނާއަކީ ކޯޓާއި ފުލުހުންގެ އަމުރަށް ވެސް ތަބާ ނުވާ މީހެކެވެ. އިންޑިއާ ސުޕްރީމް ކޯޓުން ވަނީ އެފަދަ ކަމެއް ފާހަގަ ކުރެވޭ ކޮންމެ މީހަކުވެސް މައްސަލަ ކޯޓަށް ހުށަހެޅުމަށް އެދިފައެވެ.






