ކޭސްލޯޑް އިތުރުވަމުން ގޮސް ކަރާޗީގައި ޗިކަންގުނިއާ ވައިރަސް ވަނީ ވަބާއަކަށް ބަދަލުވެފަ އެވެ. ޓެސްޓްތަކުގެ ހަރަދު ބޮޑުވުމާއި ވަކި ފަރުވާތަކެއް ނެތުމުގެ ސަބަބުން އަމިއްލަ ފަރުވާތަކަށްވެސް މީހުން ދަނީ އެނބުރެމުންނެވެ.
މީގެ އިތުރުން އަމިއްލަ ބޭސްވެރިންނާއި ފަންޑިތަވެރިން ދަނީ މީހުންގެ ބިރުވެރިކަމުން ފައިދާ ނަގައި، ޗިކަންގުންޔާ ބައްޔަށް ސާބިތު ނުކުރެވޭ ބޭސްތަކާއި ފަރުވާތައް ހުށަހަޅަމުންނެވެ. ސާފުތާހިރުކަން ކުޑަ މާހައުލުތައް ގިނަ ވުމުން 30 މިލިއަން މީހުންގެ ސިޓީގައި ބަލި ކޮންޓްރޯލް ނުކުރެވި މަދިރި އުފެދެމުން ދެއެވެ އެވެ.
އާބާދީ ބޮޑު ސަރަހައްދުތަކުގައި ގާތްގަނޑަކަށް ކޮންމެ ގޭބިސީއަކުން ވެސް މަދުވެގެން އެއް ނުވަތަ ދެ މީހަކު ހުންއައިސްގެންނާއި ހީކަރުވާތީއާއި ގައިގައި ރިއްސުން ފަދަ އަލާމާތްތަކާ ހެދި ޑޮކްޓަރަށް ދައްކައެވެ.
ސިންދުގެ ސިއްހަތާ ބެހޭ އިދާރާއިން ބުނިގޮތުގައި 894 މީހުން ޓެސްޓުކުރިއިރު އެއިން 671 މީހުން ވަނީ ޗިކަންގުންޏާއަށް ޕޮޒިޓިވް ވެފައެވެ.






