ޗައިނާ ވަށާލުމަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަނީ

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 22, 2024

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ ޗައިނާއަށް ޗިޕް އުފެއްދުމުގެ ސާމާނު ވިއްކުމަށް އަޅާފައިވާ ހުރަސްތައް ހަރުދަނާ ކުރުމަށް ޖަޕާނަށް ގޮވާލާފަ އެވެ.

ހައުސްގެ ޗައިނާ ސެލެކްޓް ކޮމިޓީގެ އެންމެ އިސް ރިޕަބްލިކަން އަދި ޑިމޮކްރެޓުން ވަނީ އޮކްޓޯބަރު 15 ވަނަ ދުވަހު އެމެރިކާގައި ހުންނަވާ ޖަޕާނުގެ ސަފީރު ޝިގޭއޯ ޔަމަޑާއަށް ފޮނުއްވި ސިޓީއެއްގައި އެބޭފުޅުންގެ ކަންބޮޑުވުންތައް ފާހަގަކޮށްފައި ކަމަށް ބްލޫމްބާގުން ބުނެ އެވެ.

ޗައިނާއަކީ ޗިޕް ޓޫލް އުފައްދާ ހުރިހާ ފަރާތްތަކަށް މުހިންމު އަދި ފައިދާހުރި މާކެޓެއްގެ ގޮތުގައި ދެމިއޮތްއިރު، ޖަޕާނާއި ނެދަރލެންޑުގެ އޮފިޝަލުން ގެންދަނީ ޗައިނާއަށް އިތުރު ހުރަސްތަކެއް އެޅުމުގައި ސަމާލުކަމެއް ދެ އެވެ. މީގެ އިތުރުން އެމެރިކާގެ ކުންފުނިތަކުން ވަނީ ވޮޝިންޓަނުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ބޭރުގެ ވާދަވެރިންނަށް ބޭއިންސާފު ކުރިއެރުމެއް ލިބޭ ކަމަށް ވެސް ބުނެފަ އެވެ. އެމީހުން ބުނާ ގޮތުގައި އެއްފަރާތުން އިތުރު ކޮންޓްރޯލްތައް ބޭއްވުމަކީ އެކުވެރި ގައުމުތަކާ އަޅާކިޔާލެވޭ ފިޔަވަޅުތަކެއް ނެތި އެމެރިކާގެ ސިނާއަތަށް ގެއްލުންވާނެ ކަމެކެވެ.

ބައިޑެންގެ ވެރިކަމުން ޖަޕާނާއި ނެދަލެންޑްސް އަށް ޗިޕް ކޮންޓްރޯލްތައް ހަރުދަނާ ކުރުމަށް ޕްރެޝަރުކޮށްފައި ވެއެވެ. މިއީ ޗައިޏާގެ ސިފައިންނަށް  ފައިދާ ކުރާނެ އާޓިފިޝަން އިންޓެލިޖެންސް މަބްއަށް ވަދެވޭނެ ގޮތް ހުއްޓުވުމަށް އަހަރުތަކެއް ވަންދެން ކުރިއަށް ގެންދާ އެމެރިކާގެ ކެމްޕޭންގެ ބައެކެވެ.

ޚާއްސަކޮށް އެމެރިކާގެ އޮފިޝަލުން ދަނީ ޗައިނާގައި ޖަޕާނާއި ނެދަލެންދްގެ ކުންފުނިތަކުން އެޑްވާންސް މެޝިނަރީތައް ބެލެހެއްޓުމާއި މަރާމާތުކުރުން މަނާކުރުމަށް އެދެމުންނެވެ. އަދި އެމީހުން ބޭނުންވަނީ އެކުވެރިން އިތުރު އެޑްވާންސް ޓޫލްސް ޗައިނާއަށް ވިއްކުން ހުއްޓުވުމަށާއި، އެމެރިކާގެ އާ ގަވާއިދުތަކުގެ ފުޅާ ޕެކޭޖަކާ އެއްގޮތް އަމަލު ކުރާށެވެ.

މި ލިޔުމާ ގުޅޭ