ސްރީލަންކާގެ އިންތިޚާބުގައި ޚުންސާ ކެންޑިޑޭޓެއް

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 27, 2024

ސްރީލަންކާގެ ސޯޝަލިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ވިމެންސް އެފެއާޒް ޗާނޫ ނިމޭޝާ ވަނީ ލަންކާގެ އިންތިޚާބެއްގައި ވާދަކުރާ ފުރަތަމަ ޚުންސާއަކަށް ވެފައެވެ.

ނިމޭޝާ ވާދަކުރާނީ ކެގާލް ޑިސްޓްރިކްޓުންނެވެ.

އާންމު އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދީ، ފުރަތަމަ ފަހަރަށް އިންތިހާބެއްގައި ވާދަކުރުމަށް ޓްރާންސްޖެންޑަރ ކެންޑިޑޭޓަކު ނެރެ ތާރީޚެއް އުފެއްދި ކަމަށްޓަކައި ލަންކާ ސޯޝަލިސްޓް ޕާޓީއަށް ޝުކުރުވެރިވާ ކަމަށް  މީޑިއާއަށް މައުލޫމާތު ދެއްވަމުން ނިމޭޝާ ބުންޏެވެ.

މި ލިޔުމާ ގުޅޭ