މޯލްޑިވްސް ފައިނޭންސް ލީސިން ކޮންމެޕެނީ އެމް.އެފް.އެލް.ސީ އިން އިސްލާމިކް ފައިނޭންސް ޚިދުމަތް ދިނުމަށް ”މާލް“ އިފްތިތާހު ކޮށްފިއެވެ.
މާލް އިފްތިތާހު ކުރީ އެ ކުންފުނީގެ 23 ވަނަ އަހަރީ ދުވަހު ބޭއްވި ”ސްޓާފު އެޕްރިސިއޭޝަން ނައިޓު“ ގައެވެ. މި ހަފްލާ ޝަރަފު ކޮށްދެއްވީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓުރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ހަލީމެވެ.
އެމް.އެފް.އެލް.ސީ އަކީ ގައުމަށް ފައިދާ ކުރަނިވި މަންފާތަކެއް ފޯރުވައިދޭން، ސާބިތުކަމާ އެކު ހިދުމަތްތ ފޯރުކޮށްދެމުން ގެންދާ ގާބިލް ކުންފުންޏެކެވެ.
އެމް.އެފް.އެލް.ސީ އިން ތައާރަފްކުރި މާލް އަކީ ޝަރިއްޔާގެ ހަމަތަކުން ދެވޭ މާލީ ހިދުމަތެއްކަމުން، ރާއްޖޭގައި މަޤުބޫލުވަމުން އަންނަ އިސްލާމިކް ފައިނޭންސުގެ ހިދުމަތްތައް ފުޅާވުމަށް މަގުފަހިވެގެންދާނޭ ކަމަށް އެކުންފުނީން ވިދާޅުވިއެވެ. ޝަރިއްޔާގެ ހަމަތަކާއި މިންގަނޑުތަކުން އެމް.އެފް.އެލް.ސީ މާލްގެ ހިދުމަތްތައް ވެގެންދާނީ ހިންގުމުގައި ދެފުށްފެންނަ، އިންސާފުވެރި، އަދި މާލީގޮތުން މަންފާކުރަނިވި ގޮތްގޮތުން، ޝަރިއްޔާގެ އުސޫލުތަކުގެ ތެރެއިން ހިދުމަތް އެދިލައްވާ ފަރާތްތަކަށް ފާގަތި އައު ފުރުސަތަކަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެކްސެކެޓިވް އޮފިސަރ އިބުތިޝާމާ އަހުމަދު ސައީދު ވިދާޅުވީ މާލް ވުޖޫދު ވުމުން އަންގައިދެނީ އެމް.އެފް.އެލް.ސީ އަކީ ދިވެހި މުޖުތަމައުއަށް ހެޔޮބަދަލުގެނައުމަށް ސާބިތުވެތިބި ކުންފުންޏެއް ކަމަށެވެ.
މާލްގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ކަމާބެހޭ މާހިރުންގެ ލަފާގެ މަތީން އެކުލަފާލެވިފައިވާ އޮނިގަނޑެއްގެ ތެރެއިން ދެވޭ ހިދުމަތްތަކެކެވެ.






