އެންބީސީ ނިއުސް އިން ހެރިސްގެ އެހީތެރިންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު ގެ ވަގުތެއްގައި އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސް އާއި ރައީސް ޖޯ ބައިޑަން އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތަހުނިޔާ ވިދާޅުވުމަށާއި އިންތިޚާބުގައި ބަލިވިކަން އިއުތިރާފު ވުމަށް ފޯނުކޯލެއް ކުރައްވާނެ އެވެ.
އެކަމަށް އަދި ވަގުތު ކަނޑައަޅާފައި ނުވާއިރު، ހެރިސް ގެންދަވަނީ އަދިވެސް ތަގްރީރުގެ މަސައްކަތުގައި އަވަދި ނެތިކަމަށް މީޑިއާއިން ބުނެއެވެ. އަދި ބައިޑަން ގެ ތަގްރީރުގައި ރާވާފައި ވަނީ އިންތިހާބުގެ ނަތީޖާއާ ގުޅޭ ގޮތުން އާންމުކޮށް ވާހަކަ ދައްކަން ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވިއެވެ.






