މާލޭ ޕޯޓުގައި މުދާބޭލުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ ހިރި

ކޮންޓެއިނަރެއްގައި އެތެރެކުރި މަސްތުވާތަކެތި އަތުލައިގެންފި

މުހައްމަދު އަލީ
ނޮވެމްބަރ 11, 2024

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 3.38 ގްރާމުގެ (ވަގުތީ ބަރުދަން) މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ މި ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ކަސްޓަމްސްއިން ދިން މައުލޫމާތަކާ ގުޅިގެން މާލެ ޕޯޓް ތެރެއިން ކޮންޓެއިނަރއެއް ބަލައިފާސްކުރިއިރު އޭގެތެރެއިން ކަމަށެވެ.

މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ކޮންޓެއިނަރ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.

މި ލިޔުމާ ގުޅޭ