އަންހެނުން އަމިއްލަ އިސްނެގުމާއެކު ތަރައްގީގެ މަސައްކަތުގައި އިންޑިއާއިން ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، އިންޑިއާއިން ބޭއްވި ޖީ20 ގެ ރިއާސަތު ބެލެހެއްޓުމުން ވަނީ ވަޒީފާއާއި އުފެއްދުމުގައި އަންހެނުންގެ ދައުރު އިތުރު ވެފައިވާ ތަން ފެންނަން ފަށައިފައެވެ.
އިންޑިއާ ސަރުކާރުގެ ޖެންޑަރ ބަޖެޓް 2014 ވަނަ އަހަރު އުޅުނީ 97،134 ކްރޯޑް ރުޕީސްގައެވެ. ނަމަވެސް މިހިނގާ މާލީ އަހަރު، 24-25 ވަނަ އަހަރު 3.10 ލައްކަ ކްރޯޑް ރުޕީސް އަށް އިތުރުވެފައިވެއެވެ.
އިންޑިއާއިން ވަނީ އަންހެން ކުދިންނަށް ސަމާލުކަން ދިނުމަށް އެކި ޒާތިގެ ޝިއާރުތައް ގެންގުޅެފައެވެ. އެގޮތުން، އުފަންވާއިރު އަންހެން ކުދިން މަރާލުމުގެ ސަގާފަތް ދޫކޮށްލައި އަންހެން ކުދިން ބޮޑުކޮށް ކިޔަވައި ދިނުމަށް ސަމާލުކަން ދީފައި ވެއެވެ. އަދި ހަމައެއާއެކު އެކީގައި، ވިހާތަކުން ކުދިްނ މަރުވުމާއި މައިމީހާ މަރުވުން ހައްލު ކުރުމަށްވެސް ގިނަ ފިޔަވަޅުތައް އަޅާފައި ވެއެވެ.
އަންހެނުން، ބާރުވެރިކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ތަފާތު އެތައް ޝިއާރެއްގެ ދަށުން ރަށްފުށުގެ މުޖުތަމައުތަކަށް ސަމާލުކަން ދީގެން މަޝްރޫއުތަކެއް ހިންގާފައި ވެއެވެ. އެފަދަ ސްކީމްތަކުގެ ތެރޭގައި ގޭތެރޭގެ މަސައްކަތަށް ލުއި ދިނުމާއި އަންހެނުންނަށް ލިބިދޭ ރައްކާތެރިކަން އިތުރުކުރުން ހިމެނެއެވެ.
ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރި ކުރުމަށް، ޕާލަމެންޓާއި ސަރުކާރުގައި އަންހެނުންގެ ރިޒަވޭޝަން ބިލް (2023) ގައި ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިތަކުގެ %33 އަންހެނުންނަށް ހާއްސަކޮށްފައިވެއެވެ.
އަދި އިތުރު އެހެން އިސްނެގުންތަކާއެކު އަންހެނުންނަށް ވިޔަފާރި ފެށުމަށް ފުރުސަތު ދިނުމާއި ވިޔަފާރިވެރިކަމުގެ ހުނަރު ތަރައްގީ ކުރުމަށް ބާރުއެޅުން ހިމެނެއެވެ.
އިންޑިއާއަކީ ސައިންސާއި ޓެކްނޮލޮޖީ އިންޖިނިއަރިންގ މެތެމެޓިކްސް ގެ ސްޓެމް ގެ ރޮގުން މަތީ ތަޢުލީމު ހާސިލު ކުރާ ގްރެޖުއޭޓް އަންހެނުން ދުނިޔޭގައި އެންމެ ކުރީގައި އުޅޭ ޤައުމެވެ. އިންޑިއާގައި ސްޓެމް އެޑުކޭޝަންގެ ދާއިރާއިން ކިޔަވައިގެން ދަސްވެނިވާ އަންހނުންގެ ނިސްބަތަކީ 42.7 އިންސައްތައެވެ.
އަހަރު ތަކެއްގެ މަސައްކަތަށް ފަހު ބަލާލާއިރު އިންޑިއާގެ ގިނަ ކާމިޔާބީތަކުން ދައްކަނީ މި އުސޫލުތަކުގެ ސަބަބުން އަންހެނުން ބާރުވެރިކުރުވުމާއި މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށް އިންޑިއާ އެންމެ ކުރީގައި އޮވެ މުހިންމު މަސައްކަތެއް ކޮށްފައިވާ ތަނެވެ.






