ފްރާންސް އިން އިންޑިއާގެ ޕިނާކާ މަލްޓި ބެރެލް ރޮކެޓް ލޯންޗް ގަތުމަށްޓަކައި އެ ނިޒާމުގެ ތަފްސީލީ އިވެލުއޭޝަނެއް ކުރިއަށް ގެންދަން ފަށައިފިއެވެ.
ފްރާންސް ސިފައިންގެ ސްޓާފް ޖެނެރަލް އިންޓަނޭޝަނަލް އެފެއާޒް ބްރިގޭޑިއާ ޖެނެރަލް ސްޓެފަން ރިޗޫ ދަ ހިންދޫއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ފްރާންސުން ޚާއްސަ މިޝަނެއްގައި ކުރިއަށް އޮތް ހަފްތާތަކުގައި އިންޑިއާއަށް ގޮސް ރޮކެޓް ލޯންޗަރއާއި ވަޒަން އިވެލުއޭޓް ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.






