މަރުވެފައި އޮތް މީހަކު ދާންދޫ މަގުމަތިން ފެނިއްޖެ

މުހައްމަދު އަލީ
ޑިސެމްބަރ 7, 2024

މަރުވެފައި އޮތް މީހަކު ގއ. ދާންދޫ މަގުމަތީން ފެނިއްޖެއެވެ.

ފުލުހުން ވިދާޅީ މަރުވެފައި އޮއްވައި ފެނިފައިވަނީ އުމުރުން 33 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ފެނިގެން ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 8:10 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަރުވެފައިވަނީ އެރަށު ނަގަހެލަ، އަހުމަދު އަބްދުﷲ އެވެ. އޭނާ މަރުވެފައި އޮއްވައި ފެނިފައިވަނީ ދާންދޫ ފެނަކަ ބްރާންޗު ހުޅަނގު ފަރާތު މަގުންނެވެ.

އެރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އެމީހާ ވަނީ މަރުވެފައި ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ. މިމައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ