ޑިސެމްބަރ 23, 2024 09:07

ނޮވެންބަރު މަހު މީރާއަށް ލިބުނު އާމްދަނީ އިތުރު ވެއްޖެ

މުހައްމަދު އަލީ
ޑިސެމްބަރ 10, 2024

ނިމިދިޔަ ނޮވެންބަރުމަހު މީރާއަށް ލިބުނު އާމްދަނީ އޭގެ ކުރީއަހަރުގެ ނޮވެމްބަރު މަހު ލިބުނު އާމްދަނީއަށްވުރެ  އިތުރުވެއްޖެއެވެ. ނިމުުނު ނޮވެމްބަރުމަހު މީރާއަށް ލިފައިވަނީ 1.89 ބިލިއަން ރުފިޔާ އެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %13.2 އިތުރު އަދަދެކެވެ. އަދި، ނޮވެންބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %19.7 ގިނަ އަދަދެއް ކަމަށް ވެސް މީރާއިން ވަނީ ބުނެފައެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ނޮވެންބަރު 2023 ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު ނޮވެންބަރު 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، މި އަހަރު ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އަދި  ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި އާމްދަނީ ލިބިފައިވާތީއެވެ. އޭގެ އިތުރުން ނޮވެންބަރު 2024 ގައި އެއަރޕޯޓް ޓެކުހާއި ފީ އާއި ޖީއެސްޓީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައި ކަމަށް ވެސް މީރާއިން ބުނެފައިވެއެވެ. މީގެ އިތުރުން، އޮކްޓޫބަރު 2023 އާ އަޅައިބަލާއިރު އޮކްޓޫބަރު 2024 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ %8.5 އަށް އިތުރުވެފައިވާތީ، އެއަރޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

ނޮވެންބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި އާމްދަނީ ލިބިފައިވުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް އިތުރު ކޮށްފައިވާތީއެވމި މަހުގެ ތެރޭގައި އެއްފަހަރާ ނަގާ މި ފީތައް ބަލައިގަނެފައިވުމާއެކު ޖުމްލަ އާމްދަނީ އަންދާޒާކުރި އާމްދަނީއާ އަޅާބަލާއިރު ރަނގަޅު ނަތީޖާއެއް ލިބިފައިވާ ކަމަށް މީރާއިން ބުނެފައިވެއެވެ.

ނޮވެންބަރު 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %57.9 ނުވަތަ 1.09 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އިންނެވެ. އެއީ %9.1 ނުވަތަ 171.62 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 93.14 މިލިއަން ރުފިޔާ (%4.9)، އާމްދަނީއިން ނަގާ ޓެކުހުގެ ގޮތުގައި 92.79 މިލިއަން ރުފިޔާ (%4.9)، ޑިޕަރޗަރ ޓެކުހުގެ ގޮތުގައި 91.45 މިލިއަން ރުފިޔާ (%4.9)، އަދި ގްރީން ޓެކުހުގެ ގޮތުގައި 85.73 މިލިއަން ރުފިޔާ (%4.5) ލިބިފައިވެއެވެ.

ނޮވެންބަރު 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 88.17 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މި ލިޔުމާ ގުޅޭ

Leave a Reply

Your email address will not be published. Required fields are marked *