އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިންޑިއާގެ އެކި ސްޓޭޓްތަކުން 16 ފުޅަނދުތައްޔާރު ކޮށްގެން ބައިވެރި ކުރިއެވެ.
އިންޑިއާއިން ޖުމްހޫރީ ދުވަސް ފާހަގަކުރަނީ 1950 ވަނަ އަހަރު ގާނޫނުއަސާސީ ތަސްދީގު ކުރުމާއި، ޖުމްހޫރިއްޔާއެއްގެ ގޮތުގައި އިންޑިއާއިން ކުރި ދަތުރު ފާހަގަކުރުމުގެ ގޮތުން ޖެނުއަރީ 26 ވާ އާދީއްތަ ދުވަހު އެވެ.
މިއަހަރުގެ ހަރަކާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯއަށް ދައުވަތު އަރުވާފައި ވެއެވެ.
އެ އިޙުތިފާލުގައި ވީވީއައިޕީގެ އިއްޒަތްތެރިންގެ އިތުރުން ޕެރަލިމްޕިކް ކޮންޓިންޖެންޓްގެ މެމްބަރުންނާއި އެންމެ އަތްތެރި މަސައްކަތް ދައްކާ އާޓިޒަނުން ބައިވެރި ވެފައި ވެއެވެ.
ޖުމްހޫރީ ދުވަހުގެ 76 ވަނަ ޕެރޭޑް ކާރުތަވްޔާ ޕާތުގައި މިއަދު ފެށީ ރައީސް ޑްރޫޕަދީ މުރުމު ސެލިއުޓު ނެންގެވުމާއެކުގައެވެ.
އިންޑިއާގެ ކަނޑުގެ ސިފައިން ވަނީ އިންޑިއާގެ އަމިއްލަ އުފެއްދުމަށް ބަރޯސާވާ އިންޑިއާގެ ނަޒަރިއްޔާތުގެ އިސްނެގުން ސާބިތުކޮށްދޭ، މަނަވަރުތައް ކަމަށްވާ އައިއެންއެސް ސޫރަތާއި އައިއެންއެސް ނިލްގިރީ ފަދަ އަމިއްލައަށް އުފައްދާފައިވާ ހަނގުރާމަ މަތީ މަނަވަރުތައް ދައްކާލާފައެވެ.
އިންޑިއާގެ ވައިގެ ސިފައިން ވަނީ މިގް-29 ޖެޓްތަކުން އުދުހި މަތިން ހުނަރުތައް ދައްކާފައެވެ. އިންޑިއާގެ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޮގަނައިޒޭޝަން (ޑީއާރުޑީއޯ) އިން ވަނީ އަލަށް އުފައްދާފައިވާ ޕްރަލޭ މިސައިލްގެ އެންމެ ޒަމާނީ މިސައިލާއި ދިފާއީ ނިޒާމުތައް ދައްކާލާފައެވެ.
ދުވަހުގެ އަސްކަރީ ހަރަކާތުގައި އިންޑޮނޭޝިއާގެ ފައުޖެއްވެސް ބައިވެރިކޮށްފައި ވެއެވެ.