ރިޔާސީ ބަޔާން: ސެޕްޓެމްބަރުގެ ކުރިން ހަތަރުހާސް ފުލެޓު ދޫކުރާނެ: ރައީސް

އަހުމަދު މުހައްމަދު
ފެބްރުއަރީ 6, 2025

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހަދަމުންދާ 4،000 ފުލެޓް ލިބޭ މީހުންނަށް އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ފުލެޓުތައް ހަވާލުކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެ ޔަގީންކަން ދެއްވީ މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުންނެވެ،

ރައީސް ވިދާޅުވީ ފްލެޓް ލިބޭމީހުންގެ ލިސްޓު މި މަހު އިއުލާންކުރާނެކަމަށެވެ.

ރައީސް ވިދާޅުވީ، އިންޑިއަން އެގްޒިމް ބޭންކުގެ ލޯނުގެ އެހީގައި ކުރިއަށް ގެންދާ 4،000 ފްލެޓް ނިންމުމާއި އެ ތަންތަން ލިބޭނެ ކަމަށް އިއުލާން ކޮށްފައިވާ 4،000 މީހުންގެ ލިސްޓާ ގުޅިގެން އޭސީސީންގެ އެންގުންތަކާ އެކު، އެ ލިސްޓުގެ ސައްހަކަން ބެލުމަކީ މި ސަރުކާރުން ހައްލު ކުރަން ޖެހިފައިވާ ”ވަރަށް ހައްސާސީ މައްސަލައެއް“ ކަމަށެވެ.

އެތައް ބައެއްގެ ޝަކުވާތަކަކާ ގުޅިފައިވާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ކުރިއަށް އޮތް ރޯދަމަހުގެ ކުރިން އިއުލާން ކުރެވޭނެ ކަމަށް ރައީސް މުއިއްޒު މިދިޔަ ޖެނުއަރީ މަހު ވެސް ވަނީ ވިދާޅުވެފަ އެވެ.

މި ލިޔުމާ ގުޅޭ