ފުވައްމުލަކު ޔޫރޯ ސްޓޯރު ގުދަނުން 130ކޭސް ސިގިރެޓު ވަގަށް ނަގައިފި

މުހައްމަދު އަލީ
ފެބްރުއަރީ 17, 2025

ފުވައްމުލަކުގައި ހުންނަ ޔޫރޯ ސްޓޯރު ގުދަނުން 130 އަށްވުރެ ގިނަ ކޭސް ސިގިރެޓް ރޭ ވަގަށް ނަގައިފިއެވެ. ފުލުހުން ވިދާޅުވީ މިކަން ފުލުހަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިމައްސަ ތަހުގީގު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ސިގިރެޓު އަގުބޮޑު ކުރުމުން އެއްބަޔަކު އުފާކުރެއެވެ. އަނެއްބަޔަކު ދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެންމެ ފަހުން، މިކަމަށް ދެވިހިފައިވާ މީހުން ވައްކަން ކުރާނޭ ކަމަށް ވެސް މީހުން އައީ ބުނަމުންނެވެ.

މި ލިޔުމާ ގުޅޭ