ދިވެހި އުންމަތުގެ ހަކަތައަކީ، ހީވާގި ޚިދުމަތްތެރީން: ރައީސް

މުހައްމަދު އަލީ
މެއި 1, 2025

ދިވެހި އުންމަތުގެ ހަކަތައާއި، ބުންވަރަކީ، ގައުމުގެ ހީވާގި ޚިދުމަތްތެރި މަސައްކަތްތެރީން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްވެ. އެހެންކަމުން، މަސައްކަތްތެރީންގެ އަޑު އެހުމާއި، އެމީހުންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު ދެމި އޮންނާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލް އަގުވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭޑޭ އާ ގުޅިގެން އާންމުކުރެއްވި ޚިތާބުގައެވެ.

ރައީސް ވިދާޅުވެފައިވަނީ ދިވެހިރާއްޖެ މިއަދު މި ދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރީން ކަމަށެވެ. އަދި، މާދަމާ ގައުމު ދާން އުންމީދު ކުރާ އުސްމިންތަކަށް ވާސިލުކޮށްދޭނީވެސް މަސައްކަތްތެރީން ކަމަށް ވިދާޅުވެފައިވެއެވެ. ދިވެހިރާއްޖެ ކޮންމެ ދުވަހަކުވެސް ކުރިއަށް ފިޔަވަޅުތަކެއް އަޅަމުން މިދަނީ މަސައްކަތްތެރިންގެ ސަބަބުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ މަސައްކަތްތެރިންނަށް ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް މި ސަރުކާރު ދެމި އޮންނާނޭ ކަމަށެވެ. ދިވެހިރާއްޖެ ކޮންމެ ދުވަހަކުވެސް ކުރިއަށް ފިޔަވަޅުތަކެއް އަޅަމުން މިދަނީ މަސައްކަތްތެރިންގެ ސަބަބުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގައި ކުރެވޭ އިގްތިސާދީ މަސައްކަތްތައް އިތުރުކޮށް، ވަޒީފާގެ ފުރުސަތު ގިނަ ކުރުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. ”ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށާއި، އެކި ދާއިރާތަކުގެ ޚިދުމަތްތެރީން ދަފްތަރުކޮށް ހިޔާވަހިކަމުގެ ސްކީމްތަކާއި، ބޭންކުން ލޯން ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް އިރާދަކުރެއްވިއްޔާ ބޮޑު ކާމިޔާބެއް އަޅުގަނޑުމެން ހޯދާނަމެވެ.“ ރައީސް ޚިތާބުގައި ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *