މަހުޒޫމް ހައްޔަރުކުރީ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރުމުން

މުހައްމަދު އަލީ
މެއި 2, 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާ އިން މިރޭ ހައްޔަރުކުރި ދެ ޒުވާނުން ހައްޔަރުކުރި ސަބަބު ފުލުހުން ހާމަކޮށްފިއެވެ. މިރޭގެ އިހްތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިވަނީ، ނ.ކުޑަފަރި، ބަގީޗާގެ، ޢަބްދުﷲ މަޙްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ/ ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ.

ފުލުހުން ބުނީ ޢަބްދުﷲ މަޙްޒޫމް މާޖިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ޢާއިޝަތު ޝިމަން އަޙްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

މި ދެޒުވާނުން ވަގުތުން ދޫކޮށްލުމަށް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *