”ޓޫ އޮފް އަސް“ އަށް މޭޔަރު މަރުހަބާ ދެންނެވުން: ފޮޓޯ މާލޭސިޓީ ކައުންސިލް

"ޓޫ އޮފް އަސް" އަށް ތިންވަނަ، މޭޔަރު އާޒިމްގެ ހޫނު މަރުހަބާއެއް

މުހައްމަދު އަލީ
މެއި 5, 2025

އިންޑިއާގެ ”ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް“ ގައި ރާއްޖެއިން ބައިވެރިވި ”ޓޫ އޮފް އަސް“ ބޭންޑު އެ މުބާރާތުން ތިންވަނަ ހޯދައިގެން މިއަދު ރާއްޖެ އައުމުން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް އެ ބޭންޑަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބައެއް ދަންނަވައިފިއެވެ.

މަރުހަބާ ދެންނެވުމުގެ ގޮތުން ބޭންޑާ ބައްދަލު ކުރައްވައި ޢާޒިމް ވިދާޅުވީ، މި ފަދަ ބޮޑު މުބާރާތެއްގައި ޓޫ އޮފް އަސް ހޯދި ކާމިޔާބީއަކީ، ރާއްޖެއަށް ހޯދައިދިން ރީތި ނަމަކާއި ޝަރަފެއް ކަމަށެވެ. އަދި މާލެ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން މި މުބާރާތުގައި ވާދަކުރުމަށް ޓޫ އޮފް އަސް ބޭންޑަށް އެހީތެރިވި ކަމަށާއި ކުރިއަށް އޮތްތަނުގައި މި ފަދަ އެކިއެކި މުބާރާތް ތަކުގައި ވާދަކުރާ ޒުވާނުންނަށް މާލެ ސިޓީ ކައުންސިލުން ދެވެން އޮތް އެހީތެރިކަމެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮންމެ ކަމެއްގައި ވެސް އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ ޤައުމެއް ކުރިއަކަށް ނުގެންދެވޭނެ ކަމަށާއި ޤައުމުގެ ޒުވާނުން ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް މޭޔަރު ވިދާޅުވިއެވެ. ޚާއްޞަކޮށް މާލެ ސިޓީއަކީ ގިނަ ޒުވާނުންތަކެއް ދިރިއުޅޭ ތަނަކަށް ވުމުން، ޒުވާނުން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

މި މުބާރާތުގައި ޓޫ އޮފް އަސް ބޭންޑް މުޅިންހެން ފެނިފައި ވަނީ، ދިވެހިރާއްޖޭގެ ސަޤާފަތާއި ދިވެހީންގެ އާދަކާދައިގެ ވާހަކަތަކުގެ މައްޗަށްކަން ފާހަގަ ކުރެވުނެއެވެ. މި ބޭންޑުގައި ޖުމްލަ ފަސް މެމްބަރުން ހިމެނެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *