ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކައުންސިލްތަކުގެ އެއްބާރުލުން ލިބޭ

މުހައްމަދު އަލީ
މެއި 11, 2025

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަތޮޅުތަކުގެ ކައުންސިލް ތަކުން އެއްބާރުލުން ދެއްވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދު ފަސީފު ވިދާޅުވެއްޖެއެވެ.

ގއ. ދާންދޫ ކައުންސިލުގެ މެންބަރުންނާއެކު ކޮންޓްރޯލަރ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަސީހު ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގައުމީ ފެންވަރުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުން ކަމަށެވެ.

މި އޮޕަރޭޝަންގެ ދަށުން  މިހާތަނަށް ވަނީ 6700 އަށްވުރެ ގިނަ ބިދޭސީންވަނީ ޑީޕޯޓުކޮށްފައެވެ. މި އޮޕަރޭޝަންތައް އިމިގްރޭޝަނުން ދަނީ އަތޮޅުތަކަށް ފުޅާ ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ ދެ ރަށެއްގައި ވަނީ މިއޮޕަރޭޝަން ކުރިއަށް ގެންގޮސްފައެވެ.

ދާންދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ ގއ. އަތޮޅުގައި އިމިގްރޭޝަންގެ ޚިދުމަތް ތަޢާރަފުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އޭގެ  އިތުރުން ގަވާއިދާ ޚިލާފަށް ދާންދޫގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *