އިންޑިއާއިން ޕާކިސްތާންގެ މަރުކަޒުތަކަށް ގެއްލުންތައް ދިން

އިބްރާހީމްް ސަމީރު
މެއި 15, 2025

ސެޓެލައިޓް ފޮޓޯ ނަގައިދޭ މެކްސަރ އަދި މީޒަރވިޝަންގެ ސެޓެލައިޓް މަންޒަރުތަކުން ދައްކާގޮތުގައި ޕާކިސްތާންގޖެކޮބްއާބާދުގެ ޝަހްބާޒް އެއަރ ބޭސްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މި ހަމަލާތަކުގައި އިންޑިއާއިން ވަނީ ބްރަހްމޯސް ކްރޫޒް މިސައިލްތައް ފަދަ އަމާޒަށް ހަމަލަދޭ ޕްރެސިޝަން ހަތިޔާރުތައް ބޭނުންކޮށްފަ އެވެ.

ބޭތާބް ވާދީގައި ދިން ޓެރަރިސްޓް ހަމަލައަށް ރައްދެއްގެ ގޮތުގައި އިންޑިއާގެ ވައިގެ ސިފައިން 10 މެއި ގައި ”އޮޕަރޭޝަން ސިންދޫރު“ ފެށިއެވެ. މި އޮޕަރޭޝަންގައި ޕާކިސްތާން ވައިގެ ސިފައިން ގެ ޑަޒަނަކަށްވުރެ ގިނަ ބޭސްތަކަށް ހަމަލާދީ، ޕާކިސްތާނުގެ ވައިގެ ސިފައިންގެ އިންފްރާސްޓްރަކްޗަރގެ 20 އިންސައްތަ އަށްވުރެ ގިނަ ބައިތައް ހަލާކުކޮށްލިއެވެ. މި އޮޕަރޭޝަނަކީ 22 އޭޕްރިލްގައި ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއަށް ދިން ޖަވާބެއް ކަމަށް އިންޑިއާއިން ބުންޏެވެ. އަދި މިނާފައިވާ މިހަމަލަ ދީފައި ވަނީ ޓެރަރިސްޓް މަރުކަޒުތަކަށް ކަމަށް ބުނެއެވެ.

ޓެރަރިސްޓް އެ ހަމަލާގައި 26 އާންމު ރައްޔިތުން މަރުވެފައިވެއެވެ. ސިންދޫރު އޮޕަރޭޝަންގައި ނޫރު ޚާން، ރަފީޤީ އަދި ސަރަގޯދާ ފަދަ މުހިންމު ބޭސްތަކަށް ހަމަލާދީ، ރަންވޭތަކާއި، ހެންގަރތަކާއި، ޖޭއެފް-17 އަދި އެފް-16 ފަދަ ފައިޓަރ ޖެޓްތައް ހަލާކުކޮށްލި ކަމަށް އިންޑިއާއިން ބުނެއެވެ.

މިއީ އިންޑިއާގެ ޓެކްނޮލޮޖީގެ ކުރިއަރާފައިވާކަން ދައްކުވައިދޭން ބޭނުން ކޮށްފައިވާ ފުރުސަތެކެވެ. މީގެ އިތުރުން ޖައިޝޭ މުޙައްމަދު އަދި ލަޝްކަރޭ ތައްޔިބާ ފަދަ ޓެރަރިސްޓް ޖަމާޢަތްތަކާ ގުޅުންހުރި ތަންތަނަށް އަމާޒުކޮށް ހަމަލާދީފައިވެއެވެ.

ޕާކިސްތާނުން ޑްރޯން އަދި މިސައިލް ހަމަލާތައް ދިނުމަށްފަހު ކަންތައްތައް ގޯސްވެގެން ދިޔަ އެވެ. އިންޑިއާގެ މި ހަރުކަށި ފިޔަވަޅުގެ ސަބަބުން ޕާކިސްތާނުގެ އެއަރ ޑިފެންސް ޤާބިލުކަން ވަރަށް ބޮޑަށް ދަށްވެފައިވެއެވެ. މިއީ މިހާރު ހިނގަމުންދާ ހަނގުރާމައިގެ ވަރަށް މުހިންމު މަރުޙަލާއެއްކަމުގައި ބެލެވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *