އިންޑިއާ ބޭރުގައި ތިބެގެންވެސް އަސްކަރީ އޮޕަރޭޝަނަށް ހިތްވަރުދިން

އިބްރާހީމްް ސަމީރު
މެއި 15, 2025

ބޭރުގައި އުޅޭ އިންޑިއާ މީހުންވެސް ވަނީ އިންޑިއާ އިން ހިންގި ހަރަކާތްތަކަށް ސަޕޯޓުކޮށް އަޑު އުފުލާފައެވެ. އިޓަލީގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުން ވަނީ ރޯމްގެ ޕިއާޒާ ސެއިންތް އެޕޯސްޓޮލީގައި ސުލްޙަވެރި އެއްވުމެއް ބާއްވައި އިހުތިޖާޖު ކޮށްފައެވެ.

އެމީހުން ވަނީ 22 އޭޕްރިލްގައި ކަޝްމީރުގެ ޕަހަލްގާމްގައި ހިނގި ޓެރަރިސްޓު ހަމަލާ ވެސް ކުށްވެރި ކޮށްފައެވެ. ބައިވެރިން ބުނީ ހަމަލަ ދިން ދ ރެސިސްޓަންސް ފްރަންޓް އިން ހިންގި ގަތުލުއާންމަށް އެމީހުން ދެކޮޅު ހަދާކަމަށެވެ.

ޔޫރަޕިއަން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ އެއް އަޑަކުން އިންޑިއާ މީހުން ވހަކަ ދައްކާކަން ދައްކުވައިދޭ ކަމެކެވެ. ޓެރަރިސްޓް ހަމަލާގެ ރައްދެއްގެ ގޮތުން އިންޑިއާއިން ހިންގި އޮޕަރޭޝަން ސިންދޫރު، އެއީ ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގައި ހުރި ޓެރަރިސްޓު ކޭމްޕުތަކަށް އަމާޒުކޮށް ދެވުނު މިންވަރުކުރެވިފައިވާ އަސްކަރީ ހަމަލާއެއްގެ ގޮތުގައި އެމީހުން ފާހަގަކުރިއެވެ.

ރޯމްގައި ބޭއްވުނު މި މުޒާހަރާއިން ފާހަގަކޮށްދިނީ އިންޑިއާގެ ރައްޔިތުން އިންސާފަށް އެދޭކަމާއި ޓެރަރިޒަމާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ފިޔަވަޅު އެޅުމަށް އެދޭކަމެވެ.

މި ލިޔުމާ ގުޅޭ