ސަބްސްޓޭޝަނަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ގަލޮޅުގެ ބައެއް ސަރަހައްދު ތަކުން މިހާރު ވަނީ ކަރަންޓު ކެނޑިފައެވެ.
ސްޓެލްކޯއިން ވިދާޅުވީ މި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އެކުންފުނީގެ ޓެކްނިކަލް ސްޓާފުން ދަނީ ކުރަމުން ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށްފަހު ދިހަވަރަކަށް މިނިޓުތެރޭގައި ކަރަންޓު ދެވޭނޭ ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.