ޕާކިސްތާނަށް ދިމާވެފައިވާ މޫސުމީ މައްސަލަތަކާއި އަދި ކޯވިޑާ ހެދި ކުރިމަތި އިގްތިސާދީ މައްސަލަތަކުން އަދިވެސް އަރައި ގަނެވޭ ގޮތެއް ނުވެއެވެ. ބޭރުގެ ލޯނު ނެގުމަށް ޕާކިސްތާނުން ވަނީ ވަރަށް ބޮޑަށް ބަރޯސާވެފައެވެ.
މިކަމަކީ ފަގީރުކަން ކުޑަކުރުމަށް ހުރަސް އެޅޭ ކަމެކެވެ. އަދި ފަގިރުކަން ކުޑަ ކުރުމުގައި ޕާކިސްތާން ނާކާމިޔާބުވެފައިވާއިރު، އެގައުމުގެ އާބާދީގެ %40 އަށްވުރެ ގިނަ މީހުން އަދިވެސް އުޅެމުން ދަނީ ވޯލްޑް ބެންކުން ބަލާ މިންގަޑަށް ވުރެން ދަށުގައި ފަގީރުކަމުގައެވެ.
މިދިޔަ ދުވަސްތަކުގައި ޕާކިސްތާނުން ކޮށްފައިވާ މަސައްކަތުން އައިއެމްއެފް، ޗައިނާ އަދި އެހެނިހެން ގައުމުތަކުން ބިލިއަން ޑޮލަރުގެ ލޯނު ހޯދިފައި ވެއެވެ. ނަމަވެސް، އިގްތިސާދު މެނޭޖުކުރުމުގެ މައްސަލަތަކާއި ގައުމުގެ ސަރުކާރު ހިންގުމުގެ ދޯދިޔާ މެނޭޖްމަންޓާއި ދަރަނި ދެއްކުމުގެ ޚރަދު ބޮޑުވުމުން އިގްތިސާދީ ކުރިއެރުން ކުރިއެރުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ކޮރަޕްޝަން އާލާވެފައިވާ މައްސަލައަށްވެސް ހައްލެއް ނުގެނެވެއެވެ. އަދި ސަރުކާރުގެ ރިކަރެންޓް ޚަރަދުތައް ކުޑަކުރުމުގައި ނާކާމިޔާބުވުމުން ފަގީރުކަން ކުޑަކުރުމުގެ މަސައްކަތްތަކަށް އިތުރަށް ހުރަސްއެޅިފައިވާ ކަމަށް ވެއެވެ.
ގިނަ ޕާކިސްތާނު މީހުން ދިރިއުޅޭ ރަށްރަށުގައި ލޯނުގެ ފައިސާއިން ލިބޭ ފައިދާ ކުޑަ ކަމަށާއި، ގިނަ ފަހަރަށް ލޯނު ފައިސާ އަމާޒުކުރަނީ ސިޓީތަކުގައި އާބަން ޕްރޮޖެކްޓްތައް ތަރައްގީ ކުރުމަށެވެ. ނުވަތަ ދަރަނި އަނބުރާ ދެއްކުމަށެވެ.
ފަގީރުކަން ކުޑަކޮށް ލޯނުގެ މަންފާ އާންމު މީހާއާ ހަމައަށް ތިޔަ ކުރުމަށް އެ ސައިކަލް މުގުރާލުމަށްޓަކައި ޓެކްސް ބޮޑުކޮށް ތެކްސް ނެގުން އިތުރުކޮށް، ތައުލީމާއި ސިއްހީ ދާއިރާއަށް އިންވެސްޓްކުރުން އިތުރުކޮށް ސްޓްރަކްޗަރަލް ރިފޯމްތައް ގެނައުމަށް ތަޖުރިބާކާރުން ދަނީ ގޮވާލަމުންނެވެ.
ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރު މުއްދަތުގެ މާލީ ފިކްސްތަކަށް ވުރެ ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަންދިނުމަށް ސަރުކާރަށް ޕްރެޝަރު ބޮޑުވަމުން އަންނަ ކަންވެސް ފާހަގަ ކުރެވެއެވެ.






