ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު، މުހިންމު، ތިން ފަހުމުނާމާއެއްގައި ސޮއިކުރައްވައިފި

ހިރި ނިއުސް
ޖޫން 30, 2025

ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތުގައި ސޮއިކުރައްވާފައިވަނީ ތިރީގައި ބަޔާންކޮށްފައި މިވާ ތިން ފަހުމުނާމާގައެވެ.

  1. ޤާބިލުކަން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ސިންގަޕޫރު ސަރުކާރާ ދެމެދު ވެވޭ ފަހުމުނާމާ
  2. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ އާއި ސިންގަޕޫރުގެ މިނިސްޓްރީ އޮފް ސަސްޓެއިނަބިލިޓީ އެންޑް އެންވަޔަރަމަންޓާ ދެމެދު ވެވޭ ފަހުމުނާމާ
  3. މަތީ ތަޢުލީމާއި، ތަޢުލީމީ ސިޔާސަތާއި، ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމާއި ދިރާސާގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އާއި ސިންގަޕޫރުގެ އިންސްޓިޓިއުޝަން އޮފް ޓެކްނިކަލް އެޑިއުކޭޝަނާ ދެމެދު ވެވޭ ފަހުމުނާމާ

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ހިމެނޭ، މި ފަހުމުނާމާތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގައެވެ.

ޚަބަރާއި ފޮޓޯ: ރައީސް އޮފީސް

މި ލިޔުމާ ގުޅޭ