ޕާކިސްތާންގައި 40 މިލިއަނަށްވުރެ ގިނަ ކްރިޕްޓޯ ވޮލެޓު ބޭނުން ކުރަމުން ދެއެވެ. ޕާކިސްތާނު ސަރުކާރުން ދަނީ، ސްޓްރެޓެޖިކް ބިޓްކޮއިން ރިޒާވެއް ޤާއިމުކުރުމަށް ވިސްނަމުންނެވެ. އަދި ބިޓްކޮއިން މައިން ކުރުމަށް 2،000 މެގަވޮޓުގެ ކަރަންޓު ދޫކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މި ކަރަންޓަކީ، އާންމު ބޭނުންތަކަށް ބޭނުންކޮށް އިތުރު ވެފައިވާ ކަރަންޓު ކަމަށާއި ބިޓްކޮއިން މައިން ކުރުމުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވާނެ ކަމަށް ބުނެއެވެ.
އަދި ޕާކިސްތާނުގެ ފްރީލާންސް އިޤްތިޞާދު ތިޔާގިވަމުންދާއިރު ކްރިޕްޓޯ ބޭނުން ކުރުން އާންމު ވުމުން ޓެރަރިޒަމަށް ފައިސާ ހޭދަކުރުމާއި މަނީ ލޯންޑަރިންގއަށް މަގުފަހި ވެދާނެ ކަމަށްވެސް ބުނެއެވެ.
ސަރުކާރުން ބިޓްކޮއިން މައިން ކުރުމަށް މަސައްކަތް ކުރާއިރު ސާފު ޤާނޫނީ އޮނިގަނޑެއް ނެތުމަކީ މިކަމުގައި ނުރައްކަލެއް ދިމާވެދާނެ ކަމެއް ކަމަށް މީޑިއާއިން ބުނެއެވެ.
ސްޓޭޓް ބޭންކް އޮފް ޕާކިސްތާނުން ފަހަކަށްއައިސް ކްރިޕްޓޯގެ ޤާނޫނީ ހައިސިއްޔަތާ ގުޅޭގޮތުން ބަޔާނެއްވެސް ނެރެފައި ވެއެވެ.
ޕާކިސްތާނުގައި ކްރިޕްޓޯކަރަންސީ އަވަސް ދުވެލީގައި ބަލައިގަތުމަށް މަސައްކަތް ކުރަމުން ދެއެވެ. ނަމަވެސް ޕާކިސްތާންގައި އެކަމަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލާފައި ނެތުމާއި އަދި އެކަމަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް މީޑިއާގައި ބުނަން ފަށައިފިއެވެ.






