ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހިނގި އެކްސިޑެންޓް/ ފައިލް ފޮޓޯ ފޮޓޯ އެއަރޕޯޓްސް ކޮމްޕެނީ

އައްޑޫގައި އެކްސިޑެންޓެއް، މީހަކަށް ސީރިއަސް އަނިޔާއެއް ނުވޭ

މުހައްމަދު އަލީ
ޖުލައި 2, 2025

އައްޑޫ ސިޓީ ހިތަދޫގައި މިރޭ އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ކަފިހި ހުރަހުން މަގުހުރަސް ކުރަނިކޮށް މީހެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 7:24 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ. އެމީހުންނަށް ފަރުވާ ދިނުމަށް ގެންދިޔައީ އޭއީއެޗަށެވެ. ދެ މީހުންކުރެ މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވި މީހާއި މަގުހުރަސް ކުރި މީހާއަށް ކަމަށް ބެލެވެއެވެ.

މި ލިޔުމާ ގުޅޭ