ޓްރަމްޕާއި ނަތަންޔާހޫގެ ބައްދަލުވުމަށްފަހު އިބްލީސް ރިޓަޔަރ ވާން ނިންމައިފި

އިބްރާހީމްް ސަމީރު
ޖުލައި 8, 2025

އެމެރިކާއިން ވާގިވެރިވެގެން ހަނގުރާމައިގެ ޖަރީމާތައް ހިންގާ އިޒްރޭލުގެ ނަތަންޔާހޫ ވަނީ ވައިޓްހައުސްގައި ޓްރަމްޕާއެކު ކާ މޭޒުމަތީ ސައްލާއެއް ބާއްވާފައެވެ.

އިބްލީސްގެ ވަސްވާހާއެކު ކުރިއަށް ދިޔަ ސައްލާގައި ހީސަމާސާގެ ތެރޭން ދެވެރިން ވަނީ ފަލަސްޠީނުގެ އާބާދީ ހުޅަނގުއައްސޭރިއާއި ޣައްޒާއިން ސާފުކޮށްލާނެ މޮޅު ތަދުބީރުތަކާ މެދު ސައްލާ ކޮށްފައެވެ. އަދި ފަލަސްޠީނު މީހުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުމުން ބަލައި ގަންނާނެ ގައުމުތައް ހޯދުމަށް މަސައްކަތް ކުރުމަށްވެސް ވާހަކަ ދެއްކިއެވެ.

އެމެރިކާއިން ދޭ ހަތިޔާރާއި ފައިސާގެ އެހީގައި ހަނގުރާމައިގެ ޖަރީމާތައް ހިންގައިގެން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ހޯދުމަށް އިއުލާން ކޮށްފައިވާ ނަތަންޔާހޫ، ބައިވެރިން ސިއްސުވާލީ ނޯބެލްގެ ސުލްހައިގެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހަޅާކަމަށް އިއުލާން ކުރަމުންނެވެ.

ދުނިޔެއިން މުޖުރިމެއް ކަމަށް ސިއްކަ ޖަހާފައިވާ މީހަކު ކޮށްލި ހައިރާން ކުރަނިވި އިއުލާނާއެކު މުޅި ތަނަށް ހިމޭންކަމެއް ވެރިވެގެން ދިޔައެވެ. ބައެއް މީހުން ބަސްހުއްޓި ތައްމިނަށް އަނގަ ހުޅުވިފައި ތިބިތަންވެސް ފެނުނެވެ. އަދި އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ ޑިރެކްޓަރު އިނީ ގޮތް ހުސްވެފައި އޭނާގެ ކުރިމަތީގައި އޮތް ހުސްތަށްޓަށް ބަލަހައްޓައިގެންނެވެ.

އެސާހިތަކުން ނަތަންޔާހޫ ޓްރަމްޕަށް ދިއްކޮށްލީ، ސިޓީ އުރައެކެވެ. މަލާމާތެއް ކަމަށް ބެލެވޭ ފަދަ ހިނިތުން ވުމެއްގައި ހުރެގެން ނަތަން ބުނީ މިއީ ތިބާ ސުލްހައަށް ކުރާ މަސައްކަތް އަހަރަމެން ބަލައި ގަންނާތީ ނޯބެލްގެ އިނާމަށް ހުށަހަޅަން ފޮނުވި ސިޓީ، ކަމަށެވެ.

އެހިސާބުން މި ދެވެރިންނާ ކަންކަން ހަވާލުކޮށް، ރިޓަޔަރ ވާން އިބުލީސް ވެސް ވިސްނިއެވެ.

”އަހަރަމެން ނޮބެލް އިނާމު ކޮމިޓީއަށް ފޮނުވި ސިޓީ ތިބާއަށް ހުށަހަޅަން ބޭނުން. އެއީ ސުލްހައިގެ އިނާމަށް ތިބާގެ ނަން ހުށަހެޅުމަކީ ކުރަން ޖެހޭ  ވަރަށް ހައްގު ކަމެއް. އަދި އެ އިނާމު ތިބާއަށް ލިބެން ޖެހޭނެ“ ނަތަންޔާހޫ

ކަލޭ ކަހަލަ މުޖުރިމެއްގެ ފަރާތުން މިފަދަ ހުށަހެޅުމެއް އައުމަކީ ވަރަށް މާނަހުރި ކަމެއް ކަމަށް ޓްރަމްޕް ބުންޏެވެ.

”ޚާއްޞަކޮށް ކަލޭ ކަހަލަ މީހެއްގެ ފުށުން މިފަދަ ހުށަހެޅުމެއް އައުމަކީ ނިކަން މާނަހުރި ކަމެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ!،“ ޓްރަމްޕް

”ސުލްހައާއި ސަލާމަތަށް ތިޔަ ކޮށްދޭ މަސައްކަތް“ …….. ”ދުނިޔޭގެ ވަރަށް ގިނަ ތަންތާނގައި ޚާއްސަކޮށް މެދުއިރުމަތީގައި (ތިޔަ ކުރާ ސުލްހައިގެ މަސައްކަތް) ފާހަގަ ކޮށްލަން ބޭނުން“ ނަތަންޔާހޫ

ގުޅިގެން ހަނގުރާމައިގެ ޖަރީމާތައް ހިންގޭތީ އުފާ ކުރާ ކަމަށް ނަތަންޔާހޫ ބުންނެވެ.

”އަހަރަމެންގެ ޓީމުތައް ގުޅުނީމަ ވެގެން މިދަނީ އާދަޔާ ޚިލާފް (ގުންޑާއިންނަށް)“ ނަތަންޔާހޫ

”ވާ… ސަރީރީ!…… އަހަރެން މި ވާހަކަތައް ދައްކާއިރު، ގައުމަކަށް ފަހު ގައުމެއްގައި މި ކަލޭގެ ދަނީ ސުލްހައަށް މަސައްކަތް ކުރަމުން“ ނަތަންޔާހޫ ޓްރަމްޕަށް ޚުޝާމަދު ކުރަމުން

މިއީ އިބްލީސް ލަދުގަންނަވާލައި މި ވެރިން މިއަހަރު ތެރޭ ބާއްވާ 3 ވަނަ ބައްދަލުވުމެވެ.

 

މި ލިޔުމާ ގުޅޭ