އެންމެ މަތިވެރި ޤުރުބާނީއަކީ ބޮޑުތަކުރުފާނުގެ ޖިހާދު: ރައީސް ސާލިހު

މުހައްމަދު އަލީ
އޯގަސްޓް 24, 2025

އިސްލާމްދީނާއި ދިވެހި ޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި، ދިވެހި ރައްޔިތުންނަށްޓަކާ ދިވެހި ދަރިޔަކު ވެވަޑައިގެންނެވި އެންމެ މަތިވެރި ޤުރުބާނީއަކީ ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވަމުން އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަދު ބޮޑު ތަކުރުފާނުގެ ހަނދާނާއި ޛިކުރާ އައުކޮށް އެދެއްކެވި ރިވެތި މިސާލުން އަބަދުވެސް އިބުރަތް ހާސިލުކުރާ ބަޔަކުކަމުގައި ދިވެހީން ވާންޖެހޭ ކަމަށެވެ.

މި ލިޔުމާ ގުޅޭ