ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު

ނޫސްވެރިންގެ ޕެޓިޝަން، ބިލް ދިރާސާކުރާ ކޮމިޓީއަށް

ޟަމްރަތު އަހްމަދު
ސެޕްޓެމްބަރ 15, 2025

”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު“ ގައިހުރި ކަންބޮޑުވުންތައް ފާޅުކޮށް، ނޫސްވެރިންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ޕެޓިޝަންގައި ހިމެނޭ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްފައިވޭތޯބަލަން، އެ ޕެޓިޝަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެ ބިލް ދިރާސާކުރަމުންދަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.

ބިލުގައިވާ ކަންބޮޑުވުންތައް ފާޅުކޮށް، ނޫސްވެރިން މަޖިލީހަށް ފޮނުވި ޕެޓިޝަން، މިނިވަން މުއައްސަސާތަކާބެހޭ ކޮމީޓީއަށް ފޮނުވަން ފާސްކުރި މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ބޭއްވި ބައްދަލުވުމުގައެވެ.

ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ޕެޓިޝަންގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްފައިވޭތޯބަލަން، ހުށަހެޅުއްވީ، އެ ކޮމިޓީގެ ނާއިބު މުގައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.

އޭނާ ވިދާޅުވީ ނޫސްވެރިން ފޮނުވާފައިވާ ޕެޓިޝަންގައި، ފާހަގަކޮށްފައިވާ ”މީޑިއާ ބިލް“ ދިރާސާކުރުމުގެ މަސައްކަތް މިހާރުވެސް ކޮމިޓީގައި ކުރިއަށްދާކަމަށެވެ.

އެހެންކަމުން އެ ޕެޓިޝަންގައިވާ، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްދިނުމަށް އެދި އެ ޕެޓިޝަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައި، އެ ކަމާބެހޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާގޮތަށް ޕެޓިޝަން ކޮމިޓީއަށް އަންގައިދުމަށް ފާސްކުރަން ހުށަހަޅާކަމަށް ވެސް ވިދާޅުވިއެވެ.

އަބްދުއްލަތީފްގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހުމާން އެވެ. އެގޮތުން ނޫސްވެރިންގެ ޕެޓިޝަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވަން ފާސްކުރިއެވެ.

”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު“ ގައިވާ ކަންބޮޑުވުންތައް ފާޅުކޮށް ނޫސްވެރިން ހުށަހަޅާފައިވާ ޕެޓިޝަންގައި އެ ބިލު މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލައި 151 ނޫސްވެރިއަކު ވަނީ ސޮއިކޮށްފައެވެ.

މި ލިޔުމާ ގުޅޭ