ފުލުހުންގެ މައި މަރުކަޒު/ފޮޓޯ ހިރި

ކަރަށް ވަޅިއެއް ޖަހައިގެން މަރުވެފައި އޮތް މީހަކު ގެއެއްގެ ތެެރެއިން ފެނިއްޖެ

މުހައްމަދު އަލީ
ސެޕްޓެމްބަރ 15, 2025

ކަރަށް ވަޅިއެއް ޖަހައިގެން މަރުވެފައި އޮތް މީހަކު މާލޭގެ ގެއެއްގެ ތެރެއިން މިއަދު ފެނިއްޖެއެވެ.

މިކަން ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މަރުވެފައި އޮއްވާ ފެނުނު މީހާގެ މައްސަލައިގައި ޖިނާއީ ތުހުމަތެއް ކުރެވޭ އެއްވެސް ކަމެއް މިހާތަނަށް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ކަރަށް އޮތީ ވަޅިއެއް ހަރާލާފަ އެވެ.

މިހާތަނަށް އެނގިފައިވާގޮތުގައި، އެމީހާ މަރުވެފައި އޮއްވާ ފެނުނީ ތަޅުލާފައި ހުރި ތަނަކުންނެވެ.

ފުލުހުން ބުނީ މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ހެނދުނު 7:22 ގައިކަމަށެވެ. އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުމާ ގުޅޭ