ކޮންޓްރޯލްޑް ޑްރަގެއް ވިއްކާ މައްސަލައެއް

މުހައްމަދު އަލީ
ސެޕްޓެމްބަރ 20, 2025

މަސްތުވާތަކެތި ބޭނުން ކުރަމުންދާ މީހުންނަށް ކޮންޓްރޯލްކޮށްފައިވާ ޑްރަގެއް ވިއްކާ ކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސައިން އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބިއުޕްރެނޯފިން ވިއްކަމުންދާ ކަމުގެ މައުލޫމާތު އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ލުބްނާ ވިދާޅުވީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ކޮންޓްރޯލް ކޮށްފައިވާ ޑްރަގެއް ވިއްކުމަކީ ގާނޫނީ ކުށެއް ކަމަށެވެ.

”މިކަމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން، އެ ޑްރަގް ވިއްކަމުންދާ މީހުންގެ ތަފުސީލީ މައުލޫމާތުތަކެއް ފުލުހުންނަށް ދީފި“ ލުބުނާ ވިދާޅުވިއެވެ.

ބިއުޕްރެނޯފިންގެ 10 ޓެބްލެޓް 2،000 ރުފިޔާއަށް ވިއްކާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ލުބުނާ ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ