ބޫޓާންގައި ފެން ބޮޑުވެގެން އިންޑިއާ ސިފައިންނަށް އެދެފި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 8, 2025

ބޫޓާންގެ އަމޯޗު ކޯރުގައި ކުއްލިއަކަށް ފެންބޮޑުވުމާ ގުޅިގެން، އެ ހިސާބުގެ ދަނޑުވެރިންނާއި އާއިލާތައް ސަލާމަތްކުރުމަށް އިންޑިއާ ސިފައިން ފޮނުވައިފިއެވެ.  މޫސުން ގޯސްވުމާ ގުޅިގެން ބޫޓާންގެ އަމިއްލަ އުޅަނދުތަކަށް އެހިސާބަށް ދެވޭ ގޮތެއް ނުވެގެން އިންޑިއާގެ އެހީތެރިކަމަށް އެދުނީއެވެ.

އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރުތަކުން ވަނީ އެސަރަޙައްދަށް ގޮސް މީހުން އުފުލައި ދީފައެވެ. ނަމަވެސް އިންޑިއާ ސިފައިން ދިއުމާ ހަމައަށް ބައެއް މީހުން ގެއްލިފައިވާ ކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ.

ބޫޓާންގެ ސަރުކާރުން އިންޑިއާ ސިފައިންނަށާއި، ރޯޔަލް ބޫޓާން އާމީ އަދި ޑްރުކް އެއަރއަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި މީގެއިތުރުން، ބޫޓާންގެ ޓާލާ ހައިޑްރޯޕަވަރ ޑެމްއަށް ފެން ބޮޑު ވުމާގުޅިގެން  ޓެކްނިކަލް މައްސަލައަކާ ކުރިމަތިލާން ޖެހި އިންޑިއާގެ އުތުރު ބެންގާލް ސަރަޙައްދަށް ހައި އެލާޓަށް ގެނަސްފައި ވެއެވެ. މި މައްސަލައަކީ ޑެމްގެ ދޮރުތައް ނުހުޅުވުމުގެ ސަބަބުން ފެން ބޮޑުވެ ވެސްޓް ބެންގާލްގެ ޑޫއާސް ސަރަޙައްދަށް ފެން ގަނޑު ބެހިގެން ދިއުމުގެ ނުރައްކާ ކަމަށް ސަލާމަތީ ފަރާތްތަކުން ބުނެއެވެ.

 

މި ލިޔުމާ ގުޅޭ